މިފަހަރުގެ ޓޫރިޒަމް ސީޒަނާ ދިމާކޮށް ޓާކިޝް އެއާލައިނުން ރާއްޖެއަށް ހަފްތާއަކު 11 ދަތުރު ކުރަން ނިންމައިފި އެވެ.
ޓާކިޝް އެއާލައިނުން މީގެ ކުރިން ރާއްޖެއަށް ބާއްވަމުން އައީ ދުވާލަކު އެއް ދަތުރެވެ.
އެ އެއާލައިނުން މިހާރު މިވަނީ ކޮންމެ ހަފްތާއެއްގެ ވެސް ހޯމަ، އަނގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު ރާއްޖެއަށް އިތުރު ދަތުރެއް ބާއްވަން ނިންމާފަ އެވެ.
ޓާކިޝް އެއާލައިނުން ރާއްޖެއަށް ދަތުރުކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ތުރުކީގެ އިސްތަންބޫލާއި ދެމެދު އެވެ.
އެ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމާފައިވާއިރު، މިއީ ރާއްޖެއަށް ހަތް ވަނައަށް އެންމެ ގިނަ އަދަދަކަށް ފަސިންޖަރުން އުފުލާ އެއާލައިނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ޓާކިޝް އެއާލައިނުން ރާއްޖެއަށް 56،712 މީހުން އުފުލާފައިވެ އެވެ.
ލެބެއްގައި ހިނގި ގޮތް ނޭނގޭ މަރަކާއެކު ގިނަ ބަޔަކު ކަރަންޓީނަށް!
ފަޅު ރަށެއްގައި އުޅެނިކޮށް މީހެއްގެ ހާލު ދެރަވެ، މަރުވެއްޖެ
އާ ސްޓޮކް ލިބި، އަންނަ ހަފުތާގައި ޕާސްޕޯޓު ދޫކުރަން ފަށަނީ