ތާޖުއްދީން ސުކޫލު ފަޅައިލައި ވަގަށް ނެގި ޓެބްލެޓްތައް ހޯދައިފި އެވެ.

ފުލުހުން ބުނީ ތާޖުއްދީން ސްކޫލް ފަލައިލައި ވައްކަންކުރީ ރޭ މެންދަމުގެ ވަގުތެއްގައި ކަމަށެވެ. އަދި ސްކޫލް ފަޅާލައި ސްޓާފްރޫމަށް ވަދެފައިވާ ކަމަށާއި، އެ ތަނުގައި ހުރި ޓީޗަރުންގެ ހަތް ޓެބްލެޓާއި ހޭންޑް ބޭގެއް ވަގަށް ނެގި ކަމަށެވެ.

މިކަމ ގުޅޭ ގޮތުން ފުލުހުން ބުނީ ތާޖުއްދީން ސްކޫލު ވައްކަން ކުރި މައްސަލަ ހުށަހެޅުމާއެކު ކުރި ތަހުގީގުން އެ ތަކެތި ހޯދިފައިވާ ކަމަށެވެ. އަދި ސީސީޓީވީ ކެމެރާއެއްގެ އެހީގައި އެ ތަކެތި ހޯދާފައިވަނީ މާލޭ ގެއެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މި މައްސަލާގައި މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

ފަހަކަށް އައިސް ވައްކަމާއި ފޭރުމުގެ މައްސަލަތައް މާލޭގައި ވަނީ ވަރަށް ބޮޑަށް އާންމުވެފަ އެވެ. މިފަދަ މައްސަލަތައް މަދުކުރުމަށް އަމިއްލަ ފަރުދީ ޒިންމާ އަދާކުރުމަށް ވެސް ފުލުހުން މީގެ ކުރިން އިލްތިމާސްކޮށްފައިވެ އެވެ.

އެގޮތުން ފައިސާގެ މުއާމަލާތްތައް ކުރާއިރު ރައްކާތެރި ފިޔަވަޅުތައް އަޅައި، އެކައުންޓްގެ މައުލޫމާތު ފަދަ މުހިންމު އެއްޗެހި ގިނަ މީހުންނާއި ހިއްސާ ނުކުރުމުގެ އިތުރުން ގޭގެއިން ވައްކަންކުރުން ހުއްޓުވުމަށް ގޭތަކުގައި ރައްކާތެރި ފިޔަވަޅު އެޅުމަށް ވެސް ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ.