ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ކެލާ އަލީ އިބްރާހީމް މަނިކު (ކެލާ އަލިބެ) އަވަހާރަވެއްޖެ އެވެ.
އަލިބެ އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އެނދުމަތިކުރެވިގެން ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރޭ ފަތިހުގެ ވަގުތެއްގަ އެވެ.
ކެލާ އަލިބެ އަކީ ރައްޔިތުންގެ ހާއްސަ މަޖިލިސްގެ މެންބަރުކަމާއި ހއ. އަތޮޅު މެންބަރުކަން ކުރައްވާފައިވާ، ބޭފުޅެކެވެ. އަދި ސިޔާސީ މަސައްކަތްތަކުގެ އިތުރުން ވެސް އަދަބީ އެކި މަސައްކަތްތަކުގަ އާއި ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް އަލިބެ މަސައްކަތް ކުރައްވާފައިވެ އެވެ.
ދިވެހި ބަހާއި ތާރީޚަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން ކުރިން ނެރުނު ފަތްތޫރައިގައި އަލިބެ ވަނީ ގިނަ ސަފްހާތަކެއް ލިޔުއްވާފަ އެވެ. ދިވެހި ބަހާއި އަދަބިއްޔާތަށް ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާއިރު، އެކި މުނާސަބާތަކަށް ހާއްސަކޮށް ޅެން ވެސް ހައްދަވައިދެއްވި އެވެ.
އޭގެ އިތުރުން ވެސް އަލިބެއަކީ ފާހަގަކޮށްލެވޭ ކުޅަދާނަ ވާހަކަ ދެއްކުންތެރިއެކެވެ. ތަފާތު އެކި ފަންނުން ހިދުމަތްކޮށްދެއްވި އަލިބެ ވަނީ ކުރެހުމާއި، ލިޔެލާޖެހުން ފަދަ އަތްތެރި މަސައްކަތްތައް ވެސް ކުރައްވާފަ އެވެ. އަދި މުދައްރިސްކަމާއި ސަރުކާރުގެ އެކި ވުޒާރާތަކުގައި އަލިބެ މަސައްކަތްކުރައްވާފައިވެ އެވެ.
ކީމޯތެރަޕީގެ ވޭނަށް ނިމުމެއް: ކެންސަރު ނައްތާލާ އިންޖެކްޝަންއެއް!
ހަނގުރާމައާ ގުޅިގެން ޓްރަމްޕްގެ އިންޒާރު ނަތަންޔާހޫ އަށް
"ސަރުކާރުން ޒާތީ ދިރިއުޅުމުގެ ތެރެއަށް ވަންނަނީ ހައްދެއްނެތި"
