އަނެއްކާ ވެސް އިސްލާމް ދީނަށް ފުރައްސާރަކުރި މީހެއްގެ ވީޑިއޯއެއް އާންމުވެއްޖެ އެވެ.
މާތްﷲ އަށް ބަދުބަސްބުނެ ހުތުރު ބަހުން ވާހަކަދައްކަނިކޮށް ސޯޝަލް މީޑިއާގައި އާންމުވާން ފަށާފައިވާ ވީޑިއޯއިން ފެންނަނީ ދިވެހި އަންހެނެކެވެ. އަދި މީހަކު އޭނާ ހިފަހައްޓައިގެން ހުންނަ މަންޒަރު ވެސް ވީޑިއޯއިން ފެނިގެންދެ އެވެ.
އާންމުވެފައިވާ ވީޑިއޯގައި ހަޑި ހުތުރުބަުން މުއާމަލާތްކޮށް، މާތްﷲ އަށް ބަދުބަސް ބުނެފައިވަނީ އަތޮޅުތެރޭ ރަށަކަށް ނިސްބަތްވާ އަންހެނެކެވެ. އަދި އޭނާ އަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަމަށް ވެސް އެކި މީހުން ތުހުމަތުކުރެ އެވެ.
މި މައްސަލައިގެ އިތުރުން އޭނާ ވަނީ ރޭގެ ވަގުތެއްގައި ތ. ތިމަރަފުށީގައި ހުރި ގެސްޓުހައުސްއަކަށް ގެއްލުންދީފަ އެވެ.
އެރަށުގައި މި މައްސަލަ ފެންމަތިވެފައިވާއިރު، މި މައްސަލައިގައި އޭނާއަށް ފިޔަވަޅެއް އަޅާފައިވާ ކަމަށް މިހާތަނަށް ފުލުހުން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
ފަހަކަށް އައިސް އިސްލާމް ދީނާއި ދެކޮޅަށް ކުރާ މިފަދަ ކަންތައްތައް ކުރުން ވަނީ ވަރަށް ބޮޑަށް އާންމުވެފަ އެވެ
މޭޔަރު އާޒިމަށް ދިން ހަމަލާ ރައީސް މުއިއްޒު ކުށްވެރިކުރައްވައިފި
ޓްރަމްޕް ވައިޓް ހައުސް ފަރިއްކޮޅުގައި ބަޑީގެ ހަމަލާއެއް
މޭޔަރު އާޒިމަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވާލައިފި
