ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ގެންދިޔަ އިތުރު މީހަކު ނިޔާވެއްޖެ އެވެ.

މައުލޫމާތު ލިބޭގޮތުގައި ކޮވިޑަށް ފަރުވާ ހޯދަމުން ގެންދަނިކޮށް ނިޔާވީ އުމުރުން 80 އަހަރުގެ ބ. އަތޮޅު ދޮންފަނު އަންހެނެކެވެ.

އޭގެ އިތުރުން އޭނާ ނިޔާވީ ބ. އަތޮޅު އޭދަފުށީ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ގެންދަނިކޮށް މިއަދު ހެނދުނު 6:35 ގަ އެވެ.

މިއީ ކޮވިޑަށް ފަރުވާދެމުން ގެންދަނިކޮށް މިމަހު ނިޔާވި އަށްވަނަ މީހާ އެވެ. އަދި ޖުމްލަ 258 ވަނަ މީހާ އެވެ.

މިބަލީގައި އެންމެ ފަހުން ރާއްޖެއިން މަރުވެފައި ވަނީ އައްޑޫ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާދެމުން ގެންދިޔަ އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް ޖެހިން މަރުވި މީހުންގެ އަދަދު ވަނީ 258 އަށް އަރާފަ އެވެ. ރާއްޖެއިން މިހާތަނަށް 93،064 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 90،861 މީހަކު ބަލިން ރަނގަޅު ވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. މި ބަލީގައި 15 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.