ތ. ތިމަރަފުށީގައި ދީނަށް ފުރައްސާރަކުރާ ވީޑިއޯއިން ފެންނަ އަންހެން މީހާގެ މައްސަލައެއް ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ މިމަހުގެ ނުވަ ވަނަ ދުވަހުގެ މެންދަމު 1:50 ގައި އަންހެނަކު ތިމަރަފުށީގައި ހުންނަ ގެސްޓް ހައުސްއަކަށް ވަދެ، އެތަނުގައި ހުރި ތަކެއްޗަށް ގެއްލުންދިން މައްސަލައެއް ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުން ވަނީ މި މައްސަލަ އިތުރަށް ތަހުގީގުކޮށް ބަލަމުންގެންދާ ކަމަށް ބުނެފަ އެވެ.
އެ އަންހެން މީހާ ހުތުރު ބަހުން މުހާތަބުކޮށް ދީނަށް ފުރައްސާރަކުރާ ބީދައިން ވާހަކަ ދައްކާ ވީޑިއޯއެއްވެސް މީސްމީޑިއާގައި އާންމުވެފައިވެ އެވެ. އެގޮތުން މާތްﷲ އަށް ބަދު ބަސްބުނެ ހުތުރު ބަހުން ވާހަކަ ދައްކަނިކޮށް ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން، މީހަކު އޭނާ ހިފަހައްޓައިގެން ހުންނަ މަންޒަރު ވެސް ފެނެ އެވެ.
އާންމުވެފައިވާ ވީޑިއޯގައި ހަޑި ހުތުރުބަހުން މުއާމަލާތްކޮށް، އިސްލާމްދީނާއި ހިލާފު ވާހަކަ ދައްކާފައިވަނީ ތ. ތިމަރަފުށީ އަންހެނެކެވެ. އަދި އޭނާ އަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަމަށް ވެސް އެ ރަށު މީހުން ބުނެ އެވެ.
ތާޕްސީގެ "ގަންދާރީ" ނެޓްފްލިކްސް ޗާޓުގެ އެެންމެ ކުރިއަށް!
"އެމްޑީޕީ ސަރުކާރުން މަސައްކަތް ކުރީ އިންޑިއާ އިން އެންގިގޮތަށް"
ރިއަލިޓީ ޝޯ "ދަ ކާޑޭޝިއަންސް" ސީޒަން 8ގެ ޓްރެއިލާ އާއްމު ކޮށްފި
