Menu Search
ރާއްޖެ މިއަދު ރިޕޯޓް ވިޔަފާރި ދީން ލައިފްސްޓައިލް ހޮނިހިރު ހާއްސަ
08 ސެޕްޓެމްބަރ 2024 · އާދިއްތަ

ޔޫރަޕްގެ ފުޓުބޯޅައިގެ ރަސްކަން ސްޕެއިނަށް

15 July 2024, 02:54

ޔޫރޯގެ ފައިނަލްގައި މިރޭ އިންގްލެންޑް އަތުން 2-1 އިން މޮޅުވެ، ސްޕެއިން މިވަނީ ހަތަރު ވަނަ ފަހަރަށް ޔޫރޯގެ ޗެމްޕިއަންކަން ހޯދާފައި. މި ކާމިޔާބާއެކު، ސްޕެއިން އަށް ވަނީ ޔޫރަޕްގެ ސަރަހައްދީ މުބާރާތުގެ ތަށި އެންމެ ގިނަ ފަހަރު ހޯދާފައިވާ ޓީމުގެ ރެކޯޑް ލިބިފައި. އަދި މުޅި މުބާރާތުގައި ވެސް ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސްޕެއިން އަކީ ސައްތައިން ސައްތަ ރެކޯޑަކާއެކު ޔޫރޯ ކާމިޔާބުކުރި ފުރަތަމަ ޓީމަށް. ފޮޓޯތައް: ޔޫއެފާ

ޔޫރަޕްގެ ފުޓުބޯޅައިގެ ރަސްކަން ސްޕެއިނަށް
ސްޕެއިންގެ މޮރާޓާ (މ) ޔޫރޯގެ ތަށި އުފުލާލަނީ. ފޮޓޯ: ޔޫއެފާ
ޔޫރަޕްގެ ފުޓުބޯޅައިގެ ރަސްކަން ސްޕެއިނަށް
ސްޕެއިން ޓީމުގެ ޔަމާލް އަދި މިރޭގެ މެޗުގައި ގޯލް ޖެހި ވިލިއަމްސް ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ. ފޮޓޯ: ޔޫއެފާ
ޔޫރަޕްގެ ފުޓުބޯޅައިގެ ރަސްކަން ސްޕެއިނަށް
ސްޕެއިން ޓީމުގެ އެންމެ ޒުވާން ކުޅުންތެރިޔާ އުމުރުން 17 އަހަރުގެ ޔަމާލް މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔަ ޓްރޮފީ ހިފައިގެން. ފޮޓޯ: ޔޫއެފާ
ޔޫރަޕްގެ ފުޓުބޯޅައިގެ ރަސްކަން ސްޕެއިނަށް
ސްޕެއިންގެ އޮޔަޒަބާލް ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ. -- ފޮޓޯ: ސްކައި ސްޕޯޓްސް
ޔޫރަޕްގެ ފުޓުބޯޅައިގެ ރަސްކަން ސްޕެއިނަށް
ޔޫރޯގެ ފައިނަލްގެ ކުރިން ބާލިންގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުރިއަށްދިޔަ މުބާރާތުގެ ކްލޯސިން ސެރަމަނީ ތެރެއިން. ފޮޓޯ: ޔޫއެފާ
ޔޫރަޕްގެ ފުޓުބޯޅައިގެ ރަސްކަން ސްޕެއިނަށް
ސްޕެއިންގެ ކުކުރޭލާ (ވ) އާއި އިންގްލެންޑްގެ ސާކާ ބޯޅަ ހޯދަން މަސައްކަތްކުރަނީ. ފޮޓޯ: ޔުއޭފާ
ޔޫރަޕްގެ ފުޓުބޯޅައިގެ ރަސްކަން ސްޕެއިނަށް
ސްޕެއިންގެ ޔަމާލް ޔޫރޯގެ ފައިނަލް މެޗަށް ނުކުންނަނީ. ފޮޓޯ: ޔުއޭފާ
ޔޫރަޕްގެ ފުޓުބޯޅައިގެ ރަސްކަން ސްޕެއިނަށް
ސްޕެއިންގެ ޔަމާލް މިރޭގެ މެޗުގައި ބޯޅަ ކޮންޓްރޯލް ކުރަނީ. ފޮޓޯ: ޔޫއެފާ
ޔޫރަޕްގެ ފުޓުބޯޅައިގެ ރަސްކަން ސްޕެއިނަށް
ސްޕެއިން ޓީމުގެ އެންމެ ޒުވާން ކުޅުންތެރިޔާ އުމުރުން 17 އަހަރުގެ ޔަމާލް މުބާރާތުގެ ފައިނަލް މެޗުގައި ކުޅެނީ. ފޮޓޯ: ޔޫއެފާ

ޔޫރޯގެ ފައިނަލް މެޗުގައި ސްޕެއިންގެ ވިލިއަމްސް ލަނޑު ޖެހުމަށްފަހު އެ ޓީމުގެ ޔަމާލް (ވ) އާއެކު އުފާފާޅުކުރަނީ. - ފޮޓޯ: ޔުއޭފާ
ޔޫރަޕްގެ ފުޓުބޯޅައިގެ ރަސްކަން ސްޕެއިނަށް
އިންގްލެންޑްގެ ޕާލްމާ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ. ފޮޓޯ: ޔުއޭފާ
ޔޫރަޕްގެ ފުޓުބޯޅައިގެ ރަސްކަން ސްޕެއިނަށް
އިންގްލެންޑްގެ ޕާލްމާ (ވ) ލަނޑު ޖެހުމަށްފަހު އެ ޓީމުގެ ލޫކް ޝޯއާއެކު އުފާފާޅުކުރަނީ. ފޮޓޯ: ޔުއޭފާ
ޔޫރަޕްގެ ފުޓުބޯޅައިގެ ރަސްކަން ސްޕެއިނަށް
އިންގްލެންޑްގެ ޕާލްމާ ސްޕެއިންގެ ގޯލަށް ބޯޅަ ފޮނުވާލަނީ. ފޮޓޯ: ޔުއޭފާ
ޔޫރަޕްގެ ފުޓުބޯޅައިގެ ރަސްކަން ސްޕެއިނަށް
ޔޫރޯގެ ފައިނަލް މެޗުގައި ސްޕެއިންގެ ވިލިއަމްސް (17) ލަނޑު ޖެހުމަށްފަހު އެ ޓީމުގެ ޔަމާލް އާއެކު އުފާފާޅުކުރަނީ. ފޮޓޯ: ޔުއޭފާ
ޔޫރަޕްގެ ފުޓުބޯޅައިގެ ރަސްކަން ސްޕެއިނަށް
ޔޫރޯގެ ފައިނަލް މެޗުގައި ސްޕެއިންގެ ވިލިއަމްސް ލަނޑު ޖެހުމަށް އުފާފާޅުކުރަނީ. - ފޮޓޯ: ޔުއޭފާ
ޔޫރަޕްގެ ފުޓުބޯޅައިގެ ރަސްކަން ސްޕެއިނަށް
ޔޫރޯގެ ފައިނަލް މެޗުގައި ސްޕެއިންގެ ވިލިއަމްސް (ކ) އިންގްލެންޑްގެ ގޯލަށް ބޯޅަ ފޮނުވާލަނީ. ފޮޓޯ: ޔުއޭފާ
ޔޫރަޕްގެ ފުޓުބޯޅައިގެ ރަސްކަން ސްޕެއިނަށް
ސްޕެއިން ޓީމުގެ ކުޅުންތެރިން މެޗު ނިމުމުން އުފާ ފާޅުކުރަނީ. ފޮޓޯ: ޔޫއެފާ