ދެކުނުގެ މަސްވެރިކަން މިދުވަސްވަރު އާދަޔާ ހިލާފަށް ރަނގަޅުވެ، ބާނާ މަސް މިފްކޯގެ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އިން ގަންނަ މިންވަރު ވަނީ ދޯންޏަކުން ފަސް ޓަނަށް މަދުކޮށްފައި. މިކަމާ ގުޅިގެން ދެކުނުގެ މަސްވެރިން ވަނީ ހިތްހަމަނުޖެހިފައި. އަދި އެކަމަށް ހައްލެއް ހޯދައިދިނުމަށް މިފްކޯގައި އެދެމުން ވެސް އެއްވެސް ހައްލެއް ނުލިބުމުން މިއަދު ކޫއްޑޫގައި މުޒާހަރާކޮށް، އެތަނުގެ އޮޕަރޭޝަން ވަނީ ހުއްޓުމަކަށް ގެނެސްފައި. ފޮޓޯ: މަސްވެރިން ޕޭޖް އަދި ސޯޝަލް މީޑިއާ