ރައްޔިތުން މަޖިލީހުން ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް މެމްބަރަކު އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި ވޯޓުލެވޭ މީހުންގެ ލިސްޓު އާންމުކޮށްފި އެވެ.
ކޮމަންޑޫ ދާއިރާގެ ވޯޓާޒް ލިސްޓު އާންމުކޮށްފައިވާއިރު، އިލެކްޝަނުން ވަނީ މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވާލާފަ އެވެ.
މި ދާއިރާގެ ގޮނޑިއަށް މެމްބަރަކު އިންތިހާބުކުރުމަށް ބައި އިލެކްޝަން އަންނަ ފެބްރުއަރީ 5ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.
މިގޮތުން އިލެކްޝަނުން އާންމުކުރި އިއުލާނުގައި އެކޮމިޝަނުން އާންމުކުރި ރަޖިސްޓަރީ ދިވެހި ސަރުކާރުގެ ގެޒެޓާއި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓްގެ އިތުރުން ކޮމަންޑޫ ދާއިރާގެ ރަށްތައް ކަމަށްވާ ށ. ކޮމަންޑޫ އާއި ފޯކައިދޫ އާއި މަރޮށިގެ ކައުންސިލްގެ އިދާރާއިން އާންމުކޮށް ފެންނަން ހުންނާނެ ކަމަށް އިލެކްޝަނުން ވަނީ ބުނެފަ އެވެ.
އޭގެ އިތުރުން މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް މި ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅޭނެ ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު ހެނދުނު 8 އިން ހަވީރު 4 އަށެވެ. އަދި އިންތިހާބުގެ ރަސްމީ ނަތީޖާ ފެބްރުއަރީ 10 ވަނަ ދުވަހު އިއުލާނުކުރާނެ ކަމަށް ވެސް އިލެކްޝަނުން ވަނީ ބުނެފަ އެވެ
ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެފައި ވަނީ، މިމަހުގެ 14 ވަނަ ދުވަހު އެ ގޮނޑީގެ މަގާމު ފުރުއްވަމުން ގެންދެވި ހުސެއިން ވަހީދު އަވަހާރަވުމުންނެވެ.
ދެފައި މައްޗަށް ތެދުވެވޭނެ ކަމުގެ އުއްމީދު ގެއްލުނު: ރާހުލް
"ޑޭސް އޮފް ތަންޑާ"ގެ ސީކުއަލްގައި ޓޮމް ކުރޫޒްއާއި އޭން ހެތަވޭ!
ކުރީގެ ލޯބިވެރިޔާ ޓޭލާގެ ކައިވެންޏަށް ހެރީ ޖޯކު ޖެހީތަ؟
