ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އިދިކޮޅު ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ މޫސާ ފަތުހީ އާދަމަށް ށ. ކޮމަންޑޫ ރައްޔިތުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
ރޭގެ 10:00 ހާއިރު ފަތުހީ ކޮމަންޑޫއަށް ކެމްޕޭނަށް ވަޑައިގެންނެވިއިރު، އެރަށުގެ ގިނަ ބަޔަކު އިސްތިގުބާލަށް ތިއްބެވެ.
ކުރީގެ ސަރުކާރުގައި ހޯމް މިނިސްޓަރުގެ ނައިބުކަން ކުރެއްވި ފަތުހީއަށް ޕީޕީއެމްގެ ޓިކެޓު ލިބުނީ އެ ދާއިރާއަށް އެ ޕާޓީގެ ފަރާތުން ވާދަ ކުރުމަށް ހުޅުވާލި ފުރުސަތުގައި އޭނާ އެކަނި ކުރިމަތިލުމުންނެވެ.
މި އިންތިހާބުގައި ޕީޕީއެމްގެ އިތުރުން އެމްޑީޕީ އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން ކެންޑިޑޭޓުން ނެރުމަށް ހަމަޖެހިފައިވެ އެވެ
ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ. ހުސެއިން އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށެވެ.
ފިލްމީ ތަރިންގެ ބަންދަށް 15 ދުވަސް
ޗާލު ވާދީތައް ދޫކޮށް ސްވިޓްޒަލޭންޑްގެ މުޅިން ތަފާތު މަންޒަރެއް!
ކޯޕައިލެޓް އުޅުނީ ފްލައިދުބާއީ ބޯޓު ތެލް އަވީވަށް ވައްޓާލަން

