ރާއްޖޭގެ ޓެކް ދާއިރާގައި މަޝްހޫރު އަހުމަދު ރިޔަޒީ މުހައްމަދު (ޑާޑި) ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެ އެވެ.

އުމުރުން 38 އަހަރުގެ ޑާޑި ނިޔާވީ، އޭނާ މިހާރު ދިރިއުޅުއްވާ މެލޭޝިއާގައި މިއަދު ކަސްރަތަށް ނިކުމެ އުޅެނިކޮށެވެ.

ޑާޑިއަކީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު ހުސެއިން މަނިކުގެ އެންމެ ދޮށީ ދަރިފުޅެވެ.

ރާއްޖޭގައި ބޭނުންކުރި އެންމެ ފުރަތަމަ އާޓިފިޝަލް އިންޓެލިޖެންސް ކަސްޓަމާ އެޖެންޓް، އެލައިޑުގެ "އޭޖެންޓް 1600″ ތައާރަފުކުރީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރަކަށް ޑާޑި ހުންނެވިއިރެވެ.

އޭނާ ނިޔާވިއިރު ހުންނެވީ ވެބްސައިޓްތަކާއި އެޕްލިކޭޝަންތަކަށް ބޭނުންވާ އެނިމޭޝަނެއް ތައްޔާރުކުރުމަށް ދިވެހި ވެބް ޑިވެލޮޕަރުންތަކެއް ގުޅިގެން އުފެއްދި، މިހާރު ދުނިޔޭގެ މަޝްހޫރުކަން ވަރަށް ބޮޑަށް ލިބިފައިވާ "ލޮޓީފައިލްސް" ގެ ޕްރޮޑަކްޓު ލީޑުގެ މަގާމުގަ އެވެ.

އޭނާ ނިޔާވެފައިވާއިރު މިއަދު ވަނީ ބޫސްޓާ ޑޯޒް ޖަހާފަ އެވެ.