ހުޅުމާލޭގައި ފުލުހުންނާއި ސިފައިންނަށް ތަރައްގީ ކުރާ ފްލެޓްތައް ހުންނަ ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
ފުލުހުންނާއި ސިފައިން ފްލެޓް ކުރިމަތީގައި އޮންނަ ހުސްބިމުގައި އަލިފާން ރޯވެފައިވަނީ މިރޭ 10:30 ހާއިރު އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ސަރަޙައްދުގައި ވަރަށްބޮޑަށް ވަނީ އަލިފާން ރޯވެފަ އެވެ.
އެމްއެންޑީއެފުން ބުނީ ހުޅުމާލޭގައި އިމާރާތްކުރަމުންދާ ސިފްކޯ ފްލެޓްތައް ކައިރީގައި ހުރި ކުނި ތަކެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި އިތުރު ތަފްސީލު ލިބުނުހާ އަވަހަކަށް ހިއްސާކުރާނެކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
ރާއްޖޭގައި ހިމަބިހި ފެތުރެމުންދާތީ ވެކްސިން ޕްރޮގްރާމެއް
"ފްރީޑަމް 250"އިން ފަންނާނުން ވަކިވާތީ ޓްރަމްޕް ރުޅިގަދަ ވެއްޖެ
ވޭޕް ކުރުމަކީ ވަކި ރަނގަޅު ކަމެއް ނޫން!