ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ މިރޭ ނޫނީ މާދަމާ ޖަމާވާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ. އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މިހާރު މުސާރަ ޝީޓުތައް ނިންމައި ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށެވެ.
ހެލްތު މިނިސްޓްރީ އިން ބުނީ އެ މިނިސްޓްރީގެ މުވައްޒަފުންނަށް މުސާރަ ލިބުން ލަސްވީ، މުސާރައިގެ ކަންތައް ބަލަހައްޓާ ގިނަ އަދަދެއްގެ މުވައްޒަފުން ކަރަންޓީނުގައި ތިބުމުން މުސާރަ ޝީޓު ނިންމަން ޖެހޭ ދުވަހަށް ނުނިންމުމުން ކަމަށެވެ.
ގާނޫނުގައިވާ ގޮތުން ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ކޮންމެ މަހެއްގެ އެއްވަނަ ދުވަހުގެ ކުރިން ޖަމާކުރަން ޖެހެ އެވެ. ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ އަދިވެސް ނުލިބޭތީ އެކަމާ ދަނީ ޝަކުވާ ކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ހެލްތު މިނިސްޓްރީ އާއި އައިޖީއެމްއެޗުގެ މުވައްޒަފުންނެވެ. އެއިން އެއްވެސް ބަޔަކަށް އަދި މުސާރަ ޖަމައެއް ނުވެ އެވެ.
ފިނޭންސް މިނިސްޓްރީން މުސާރަ ޖަމާކުރާނީ އެ މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް، މުސާރަ ޝީޓުތައް ފޮނުވުމުންނެވެ.

ހޮނިހިރު ދުވަހުން ފެށިގެން ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނަނީ
ޑްރަގް ހުރި 63 ރަބަރު ޕެކެޓާއެކު މީހަކު ހައްޔަރުކޮށްފި
ތެލުގެ އަގު 100 ޑޮލަރަށް އުފުލި ހިއްސާގެ ބާޒާރުތައް ދަށަށް
ނާގާބިލު ވެރިން ތިބޭތީ ވާގޮތް ތިއީ. ހެލުތު މިނިސްޓްރީ އެންމެން އެކައްޗެއް ކިޔާފަ އެއުޅޭ ތަންދޮރު ނޭންގޭ މިނިސްޓަރ ބޭރުއަރުވާލާބަލަ.