މިހާތަނަށް ވަގުތީ ނަތީޖާ ދައްކާ ގޮތުން ރާޝިދު އަށް ވަނީ 1،118 ވޯޓު ލިބިފައި. އަދި ފަތުހީއަށް ލިބިފައި ވަނީ 918 ވޯޓު. މިއިންތިހާބުގައި އެމްއެންޕީން ވާދަކުރި އަބްދުލް ހަންނާން އިދުރީސްއަށް ލިބުނީ 231 ވޯޓު.

ރައްޔިތުންގެ މަޖިލިހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު ކާމިޔާބުކޮށްފި އެވެ.

މިއަދު ބޭއްވި އިންތިހާބުގައި ކޮމަންޑޫ ދާއިރާގައި ހިމެނޭ ކޮމަންޑޫ އާއި މަރޮށި އަދި ފޯކައިދޫގެ އިތުރުން މާލޭގައި ދިރިއުޅޭ މި ރަށްރަށުގެ ރައްޔިތުން ވޯޓްލުމަށް ޖުމްލަ ހަތް ވޯޓް ފޮއްޓެއް ބެހެއްޓި އެވެ. އެއީ ފޯކައިދޫގައި ދެ ވޯޓް ފޮށި މަރޮށީގައި ވޯޓް ފޮއްޓެއް އަދި ކޮމަންޑޫގައި ދެ ވޯޓް ފޮއްޓެވެ. ވެރިރަށް މާލޭގައި ވެސް ދެ ވޯޓް ފޮށި ބަހައްޓާފައިވެ އެވެ. އެ ދެ ވޯޓްފޮށި ވެސް ބަަހައްޓާފައި ވަނީ އިސްކަންދަރު ސްކޫލްގަ އެވެ.

ހަވީރު 16:00 ގައި ވޯޓުލުން ނިންމާ ގުނަން ފެށި ވޯޓް ފޮށިތަކުން މިވަގުތު ކުރީގައި އުޅެނީ ރާޝިދު އެވެ. އޭނާ އާ އެންމެ ގާތުން ދެން ވާދަކުރަނީ ޕީޕީއެމްގެ ކެނޑިޑޭޓް މޫސާ ފަތުހީ އާދަމެވެ.

މިހާތަނަށް ވަގުތީ ނަތީޖާ ދައްކާ ގޮތުން ރާޝިދު އަށް ވަނީ 1،118 ވޯޓު ލިބިފަ އެވެ. އަދި ފަތުހީއަށް ލިބިފައި ވަނީ 918 ވޯޓެވެ. މިއިންތިހާބުގައި އެމްއެންޕީން ވާދަކުރި އަބްދުލް ހަންނާން އިދުރީސްއަށް ލިބުނީ 231 ވޯޓެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެ، ބައި އިލެކްޝަނެއް ބޭއްވީ އެ ދާއިރާ ތަމްސީލުކުރެއްވި އެމްޑީޕީގެ މެންބަރު ހުސެއިން ވަހީދު އަވަހާރަވުމުންނެވެ.

އިންތިހާބު މިއަދު ބޭއްވިއިރު ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އިދިކޮޅު ޕާޓީން ތުހުމަތު ކުރެ އެވެ. މިގޮތުން ކޮމަންޑޫ ދާއިރާއަށް ބަޖެޓުން ބޭރުން 300 އެއްހާ މިލިއަން ރުފިޔާ ހަރަދު ކުރުމާއި، އެ ދާއިރާގައި މަސައްކަތް ކުރާ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރު ދެއްކި ކަމަށް ވެސް ތުހުމަތުކުރެ އެވެ.