ރައްޔިތުންގެ މަޖިލީސް އެތެރޭގައާއި، މަޖިލީހުގެ ބޭރުގައި ވެސް "އިންޑިއާ އައުޓް" ގޮވާނެ ކަމަށާއި އެކަމުގައި ކުރެވޭނެ އެއްވެސް ކަމެއް ނޯނާނެ ކަމަށް މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވިދާޅުވެއްޖެ އެވެ.
މެންބަރު މޮސްޓާ މިހެން ވިދާޅުވީ މިއަދު ރައްޔިތުން މަޖިލީހުގައި ފަނޑިޔާރުންގެ ގާނޫނަށް ބަހުސް ކުރައްވަމުން ދެއްކެވި ވާހަކަފުޅުގައި އެވެ.
މޮސްޓާ ވިދާޅުވީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭކަށް ދިވެހި ރައްޔިތުން ނޭދޭ ކަމަށެވެ. އަދި އިންޑިއާ ސިފައިން ޖެހޭނީ ރާއްޖެއިން ފައިބަން ކަމަށާއި އިންޑިއާ އައުޓްވެސް ގޮވާނެ ކަމަށް މެންބަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިތާވެސް ކިޔާނަމެ، މަގުމަތީވެސް ކިޔާނަމޭ، ހައްޔަރެއްވެސް ނުކުރެވޭ، ކަންފަތް މައްޗަކު ނުވެސް ޖެހޭނެ،" މޮސްޓާ ވިދާޅުވި އެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް ކުރަމުންދާ މަސައްކަތަކީ ޝަރުއީ ނިޒާމަށް އަތްބާނައިގެން ހުއްޓުވޭނެ ކަމެއްނޫންކަމަށް އޭނާ ވިދާޅުވި އެވެ. ވަކި ގޮތަކަށް ވަކި މީހަކާއިމެދު ޝަރީއަތް ހިންގައި ކޯޓުތަކުން ހުކުމް ކުރުމަށް ކުރަމުންދާ މަސައްކަތަކީ ނުބައި ނަތީޖާއެއް ނިކުމެދާނެ ކަމެއްކަމަށް މޮސްޓާ ވިދާޅުވި އެވެ.
އިންޑިއާ އައުޓް ކިޔާ ފަރާތްތައް ހައްޔަރުކޮށް ޖަލަށްލެވޭނެ ފަދަ ބިލެއް ވެރިކަން ކުރާ އެމްޑީޕީ އިން ވަނީ މިހާރު ޑްރާފްޓުކޮށްފަ އެވެ. އެކަމަށް އިޝާރާތް ކުރައްވައި މޮސްޓާ ވިދާޅުވީ އެހެން ކިޔާ ބަޔަކު ހައްޔަރު ވެސް ނުކުރެވޭނެ ކަމަށެވެ. އަދި އެހެން ކިޔައިގެން ކަންފަތް މަތީ ނުޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މީގެ ކުރިންވެސް ތިގޮތަށް ފަނޑިޔާރުގެއަށް އަތް ބާނަން ހަދައިގެން ހަމަ ބުއްދި ފިލައިގެން ގޮސް އިސްތިއުފާ ދޭން ޖެހުނީ،" މޮސްޓާ ވިދާޅުވި އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް މިއަދު ވަނީ، އިންޑިއާ އައުޓް ކިޔާ ފަރާތްތައް ނުހުއްޓުވާނަމަ ފަނޑިޔާރުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދެއްވާފަ އެވެ. އަދި މި މައްސަލަ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ވަނީ ކޯޓަށް ހުށަހެޅުމަށް ނިންމާފަ އެވެ.
ދޮގުހަދާ އޮޅުވާލާގެން މިނިވަން ކެންޑިޑޭޓެއްގެ ގޮތުގާ ހޮވުނީމާ ވަކިބައެއްގެ ފިކުރު ޕްރަމޯޓް ކުރުމަކީ ދީނީގޮތުން ކޮންކަހަލަ ކަމެއްތޯ ސާފު ކުރައްވާ ދީނީގޮތުން ދޮގުހަދާކަން ކަށަވަރީ ކޮންބައެއްކަން އެނގިގެން އަދި މީހަކު ބުނާއެއްޗެއްގެ ހަގީގަތް ހޯއްދަވާފާ ދެން ބަސް ބުނުއްވާ އަދިވެސް އެހެން ދުވަހެއް އެބައޮއެއް ކަން ހަނދުމަ ކުރައްވާ