ބަރުދަން ލުއިކުރަން އެކި މީހުން ގެންގުޅެނީ އެކި އުކުޅެވެ. މި ލިޔުމުގައި މި ބަލާލަނީ ކުރު މުއްދަތެއްގައި ބަރުދަން ލުއި ކޮށްލަން ރަނގަޅު ބުއިމެކެވެ. ކިއުކަމްބާ މިންޓް ފެނަކީ ގޭގައި އާއްމުކޮށް ގެންގުޅޭ އަދި ފަސޭހައިން ލިބޭ ތަކެތިން ތައްޔާރު ކުރެވޭނެ ބުއިމެކެވެ.

ކިއުކަމްބާ އާއި މިންޓް އެކުލެވޭ ފެން ބުއިމަކީ ވަރަށް ފައިދާހުރި ކަމެކެވެ. އެ ދެ ބާވަތަކީ ވެސް އެންޓި އިންފްލިމޭޓަރީ އަސަރު އޭގައި އެކުލެވިފައި ވުމުގެ އިތުރުން ވިޓަމިން ސީ ހަށިގަނޑަށް އެތެރެ ކޮށްދޭ ބާވަތެކެވެ.

ބޭނުންވާނެ ތަކެތި

  • 1 ކިއުކަމްބާ (ފޮތި ކޮށްފައި)
  • 10 މިންޓްފަތް
  • 1 ލުނބޯގެ ހުތް
  • 2 ޖޯޑު ހޫނު ފެން

ހަދާނެ ގޮތް

ބޮޑު ބޯތަށްޓަކަށް ފޮތިކުރި ކިއުކަމްބާ އަދި ލުނބޯ ހުތް އެޅުމަށްފަހު ކުދީނާ ފަތްތަކުން ބޯތަށްޓަށް ދިޔަ ފެލާށެވެ. ކުދީނާ ފަތުގެ ދިޔަ ފެލުމުގައި ފަތްތައް އިރައިގެންދިޔަ ނުދިނުމަށް ސަމާލުކަންދޭން ވާނެ އެވެ. އެެއަށްފަހު ކުދީނާ ފަތްތަކާއި ހޫނު ފެނާއި، ސާފު ބޯފެން އަޅައި ގިރާލާށެވެ.

މި ބުއިމުން ލިބޭ ފައިދާތަކުގެ ތެރޭގައި

  • ބަރުދަން ލުއިކޮށްދިނުމަށް އެހީވެދޭ
  • ހަންގަނޑު އޮމާން ކޮށްދޭ
  • ވައިގެ އުނދަގުލުން ސަލާމަތް ކޮށްދޭ
  • ހަޖަމުކުރަން ފަސޭހަ ކޮށްދޭ
  • ކެންސަރުން ދުރު ކޮށްދޭ
  • އެލާޖީތަކުން ދުރު ކޮށްދޭ
  • އަނގައިން ނުބައިވަސް ދުވުން ކުޑަ ކޮށްދޭ