މި ސަރުކާރު އައި ފަހުން މިހާތަނަށް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 4،938 މުވައްޒަފުން އިތުރުކޮށްފައިވާ ކަމަށާއި، އެއާއެކު މިހާރު އެ ކުންފުނިތަކުގައި 41،000 އަށްވުރެ ގިނަ މުވައްޒަފުން އެބަތިބި ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޒަރީރު ވިދާޅުވީ، ވަކި ސިޔާސީ ފިކުރަކަށް ބަލައިގެން ސަރުކާރު ކުންފުނިތަކުން މުވައްޒަފުން ވަކިކުރުމަކީ މި ސަރުކާރުން ގަބޫލުކުރާ ހަމައެއް ނޫން ކަމަށެވެ. އަދި އެފަދަ އެއްވެސް އެންގުމެއް ކުންފުނިތަކަށް އަންގާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރެކޯޑުތަކަށް އަލިއަޅުވާލައްވަމުން އެކި ވެރިކަންކަމުގައި ކުންފުނިތަކުގެ މުވައްޒަފުން އިތުރުވި ގޮތުގެ ތަފާސްހިސާބުތައް ވެސް މިނިސްޓަރު ވަނީ ހިއްސާކުރައްވާފަ އެވެ. އެގޮތުން ރައީސް އަބްދުއްﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން 2018 ގައި ނިމުނުއިރު ކުންފުނިތަކުގައި ތިބީ 18،676 މުވައްޒަފުން ކަމަށާއި، ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2019 އިން 2023 ގެ ނިޔަލަށް 18،053 މުވައްޒަފުން އިތުރުވެ އެ އަދަދު 36،729 އަށް އަރާފައިވާކަން ފާހަގަކުރެއްވި އެވެ. ހަމައެއާއެކު މިދިޔަ މަހުގެ ނިޔަލަށް ކުންފުނިތަކުގައި ޖުމްލަ 41،667 މުވައްޒަފުން ތިބިއިރު، 2024 ވަނަ އަހަރުން ފެށިގެން މިހާތަނަށް 4،938 މުވައްޒަފުން އިތުރުވެފައި ވަނީ 13 އިންސައްތައިގެ ކުރިއެރުމަކާއެކު ކަމަށް ޒަރީރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ގައުމުގެ އިގުތިސާދު އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި، ވަކި ކުލައަކަށް ނުވަތަ ފިކުރަކަށް ނުބަލައި ކުންފުނިތައް ރައިޓްސައިޒް ކުރަންޖެހޭ ކަމަށެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް މިދިޔަ އޭޕްރިލް މަހު އެންގުމަށްފަހު، އެ މަސައްކަތް ތިން މަސްދުވަހުގެ ތެރޭގައި ނިންމުމަށް ޕީސީބީން ވަނީ އަންގާފަ އެވެ. ފިނޭންސް މިނިސްޓްރީން މިދިޔަ އޭޕްރިލް 18 ގައި ބުނެފައި ވަނީ ކުންފުނިތަކުގެ ހިންގުންތެރިކަން އިތުރުކޮށް، އިންސާނީ ވަސީލަތްތައް މެނޭޖްކުރުން ހަރުދަނާކުރުމުގެ އިތުރުން މާލީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނިތައް ހިންގުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ޕީސީބީއަށް އަންގާފައި ވާނެ ކަމަށެވެ.
ގާތްގަނޑަކަށް ހަތަރު ލައްކައިގެ އާބާދީއެއް އޮންނަ ރާއްޖޭގެ ސިވިލް ސާވިސްގައި އެކަނިވެސް 30،000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާއިރު، އެހެނިހެން އިދާރާތަކާއި މިނިވަން މުއައްސަސާތަކާއި ސިޔާސީ މަގާމުތަކުގައި 20،000 މީހުން އުޅެ އެވެ. އަމިއްލަ މަސައްކަތްތަކުގެ ބަދަލުގައި އާބާދީގެ ބޮޑު ބަޔަކު ދައުލަތުގެ ޕޭރޯލްގައި ތިބުމަކީ އިގުތިސާދީ މާހިރުން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ.
ހާއްސަކޮށް ދައުލަތުގެ ބަޖެޓުގެ ބޮޑު ބަޔެއް ރިކަރަންޓް ހަރަދަށް ދާއިރު، ސަރުކާރުގެ ގިނަ ކުންފުނިތަކެއް ގެއްލުމުގައި ހިންގުމަކީ ބޮޑު މައްސަލައެކެވެ. މީގެއިތުރުން ސިޔާސީ ބޭނުންތަކަށް ކުންފުނިތަކަށް މުވައްޒަފުން ނެގުމާއި ކޮރަޕްޝަންގެ އަމަލުތައް ހިންގުމަކީ ރާއްޖޭގައި ވަރަށް ޒަމާންވީ އަދި ހައްލުނުވެ އޮތް ބޮޑު ކަންބޮޑުވުމެކެވެ.
ސެލީނާއަށް 1.2 މިލިއަން ޑޮލަރުގެ މަކަރާއި ހީލަތުގެ ދައުވާއެއް!
ކަސްޓަމްސްއަށް 26 އޮފިސަރުން ހޯދަނީ
އާއްމު ފިނި ހޫނުމިނުގައި ވެސް ހަށިގަނޑު ފިނިވެ ހީކަރުވާތަ؟
އިހައްދުވަހު މީހުން މަދުކުރީ! މީހުން މަދު ކުރަނީ އޭ ގޮވީ! މި ވަނީ ކިހިނެއް؟؟
ރިޕްލައި