އިންޑިޔާއިން ރާއްޖެއަށް ހަވާދުލައިގެން ބިސް އެތެރެކުރިއަސް ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ފައިބަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތާރިގު ޓޮމް ވިދާޅުވެއްޖެ އެވެ.
ޓޮމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ކުރިއަށްގެންދާ، "އިންޑިއާ އައުޓް" ހަރަކާތުން ލިބޭ ގެއްލުން ދިރާސާކުރުމުގެ މަސައްކަތުގައި ޑިފެންސް މިނިސްޓްރީން އެ ކޮމިޓީއަށް ހާޒިރުވެ ދައްކާފައިވާ ބައެއް ވާހަކަތަކަށް ރައްދުދެއްވައި ކުރެއްވި ޓުވީޓެއްގަ އެވެ. ކޮމިޓީއަށް ހާޒިރުވެވަޑައިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ ރާއްޖެއަށް އެތެރެކުރާ ކޮންމެ ތިން ބިހަކުން ދެ ބިސް އެތެރެކުރަނީ އިންޑިއާއިން ކަމަށެވެ.
"ތިބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ރާއްޖެއަށް އެތެރެކުރާ ކޮންމެ ތިން ބިހުން ދެ ބިސް އެއީ އިންޑިއާއިން އެތެރެކުރާ ބިސްތަކެއް. 90 ޕަސެންޓު ހަނޑޫ ގާތްގަނޑަކަށް އެއީ އިންޑިއާއިން އެތެރެކުރާ ހަނޑޫ،" މާރިޔާ ވިދާޅުވި އެވެ.
ނަމަވެސް ރާއްޖެއަށް އެތެރެ ކުރާ ބިހާ އަލުތްވާއި ފިޔައާއި ކާޑުގެ ބާވަތްތަކަކީ ފައިސާ ދީފައި އިންޑިޔާއިން ގަންނަ ބާވަތްތަކެވެ.
މީގެ ކުރިން މިކޮމިޓީއަށް ވަޑައިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ ރާއްޖެއަށް ބިހާ އަލުތްވާ ފިޔާ އެތެރެ ކުރަނީ އިންޑިޔާއިން ކަމަށާއި އިންޑިޔާ އައުޓް ގޮވާނަމަ އެތަކެތި ނުލިބިދާނެ ކަމަށެވެ. އަދި ރާއްޖޭގެ ސިޔާދަތަށް ނުރައްކާ ވާނެ ކަމަށެވެ.
ޓޮމް ގޭގައި ތިޔަ ކަނީ ބިހުގައި ހަވާދުލައިގެން ހެއްޔެވެ؟ އެހަވާދުކޮޅުވެސް މިގެންނަތަން އެނގޭ ހެއްޔެވެ؟ ތިގޭގައި ތިޔަ ކައްކާ އަލުވިއާއި ފިޔާ ގައިވެސް އިންޑިޔާ ހަވާދު ލަމުދޯއެވެ؟ މި ޗުއްޓީގައި ބޭހަށް ކޮޗިންއަށް ދިޔައީ ތިގޭ ކޮންބަޔެއް ހެއްޔެވެ؟ ތިޔަ ކަހަލަ ޖާހިލުންގެ އަނގަ ފުޅާވެގެން ގެއްލުން ވާނީ އަހަރުމެން މި ނިކަމެތި ދިވެހިންނަށެވެ. މީވާ ހާދަ ނުލަފާ ބަޔެކެވެ. މިއިން ކޮންމެ މީހެއްގެ ގައިގައިވެސް ބޮޑު ސޯބުގެ ހުރި ނުބައިކަން ހުންނާނެ ނޫން ހެއްޔެވެ؟
ޓޮމް ތިބުނީ ހަމަ ރަނގަޅައް