ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ (އައިސީސީ) ރައީސް ޓޮމޯކޯ އަކާނޭ އަދި އިސް ވަކީލު އަބްދުލާޔޭ ސޭއޭއާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އެޅުމާ ގުޅިގެން، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ނުހަނު ކަންބޮޑުވުން ފާޅުކުރައްވާފައިވާ ކަމަށް އދ.ގެ ތަރުޖަމާނު ބުދަ ދުވަހު ހާމަކުރައްވައިފި އެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ މި ފިޔަވަޅުތައް އެޅުއްވީ އަންގާރަ ދުވަހު އެވެ. މިއީ ހަނގުރާމައިގެ ކުށްތަކާއި، ނަސްލު ނައްތާލުމުގެ އަމަލުތަކާއި އަދި އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ބެލުމަށް 2002 ވަނަ އަހަރު ބައިނަލްއަގްވާމީ މުޖުތަމައުން ނެދަލޭންޑްސްގެ ދަ ހޭގްގައި ގާއިމުކުރި ކޯޓާ ދެކޮޅަށް ޓްރަމްޕްގެ ސަރުކާރުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.
"މި ނިންމުމާ މެދުގަ އާއި އައިސީސީގެ އެހެން މުވައްޒަފުންނާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކާ މެދު ސެކްރެޓަރީ ޖެނެރަލް ނުހަނު ކަންބޮޑުވުން ފާޅުކުރައްވާ،" ނިއުޔޯކްގައި ބޭއްވި އދ. ގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަރުޖަމާނު ސްޓެފަން ޑުޖަރިކް ވިދާޅުވި އެވެ.
ޑުޖަރިކް އިތުރަށް ވިދާޅުވީ، އދ. އާއި އައިސީސީ އަކީ ތަފާތު ދާއިރާތަކެއްގައި މަސައްކަތްކުރާ ވަކި ދެ މުއައްސަސާ ކަމުގައި ވީނަމަވެސް، ބައިނަލްއަގްވާމީ ޖިނާއީ އަދުލުގެ ނިޒާމުގެ މުހިންމު ތަނބެއްގެ ގޮތުގައި އދ. އިން އެ ކޯޓު ބަލައިގަންނަ ކަމަށެވެ.
ސަރުކާރު މުވައްޒަފުން ލައްވާ ސޮއިކުރުވައިގެން ސޮއި ގިނަކޮށްފި
ދިރިއުޅުމުގައި ގެންގުޅޭ އާދައިގެ މި "ހޮބީ"ތަކުން އުމުރު ދިގުވޭ!
އީރާނާ ދެކޮޅަށް ވަރުގަދަ އިގްތިސާދީ ހަނގުރާމައެއް އިއުލާންކޮށްފި
