އިނގިރޭސި ވިލާތަށް ކުރިމަތިވެފައިވާ ވައިގެ ތޫފާނާއެކު ވައިގެ ދަތުރުތަކަށް ބުރުއަރާފައިވާ މި ދަނޑިވަޅުގައި ކާމިޔާބު ކަމާއެކު ލަންޑަންގެ އެއާޕޯޓަށް ބޯޓު ޖެއްސި ޕައިލެޓުންނަށް އާއްމުންގެ ތައުރީފު ލިބިއްޖެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކެއްގައި ވައި ބާރުވެ މޫސުން ގޯސްވެފައިވާ ވަގުތެއްގައި މަތިންދާ ބޯޓުތައް އައިސް ލަންޑަަން ހީތުރޫ އެއާޕޯޓަށް ޖައްސަ އެވެ.

އެގޮތުން އެއާ އިންޑިއާގެ ބީސެވަން-އެއިޓްސެވަން މަރުކާގެ ބޯޓެއް އެ އެއާލައިންގެ ޕައިލެޓުން ކާމިޔާބު ކަމާއެކު ވަނީ ޖައްސާފަ އެވެ.

ހަމައެއާއެކު އިޖިޕްޓް އެއާގެ ވެސް ހަމަ އެ މޮޑެލްގެ ބޯޓެއް ހީތުރޫ އެއާޕޯޓުގައި ޖައްސާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އާއްމުވެފައިވެ އެވެ.

މީގެ އިތުރުން ވެސް ގަތަރު އެއާވޭސްގެ ބޮއެންގް 777 މަރުކާގެ މަތިންދާ ބޯޓެއްވެސް ވަނީ ތޫފާނުގެ ތެރެއިން އެ އެއާޕޯޓަށް ޖައްސާފަ އެވެ.

https://www.instagram.com/reel/CaIC_3-DNd4/?utm_source=ig_web_copy_link

މި ޕައިލެޓުންގެ މަސައްކަތް ފާހަގަކޮށް ވައިގެ ދަތުރު ފަތުރުގެ ތަޖުރިބާކާރުން ބުނީ އެ ޕައިލެޓުންގެ ހުނަރަކީ ސާބަސް ދޭން ޖެހޭ ހުނަރެއް ކަމަށެވެ.

އިއުނިކްގެ ނަމުން ނަން ދީފައިވާ މި ތޫފާނަކީ އެޓްލާންޓިކް ކަނޑުގައި އުފެދިގެން ޔޫރަޕްގެ ސަރަހައްދުތަކަށް ދަތުރު ކުރަމުން ދާ ތޫފާނެކެވެ.