ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕޫޓިންއާ ދެކޮޅަށް އަޅާ ސީދާ ދަތިކުރުމުގެ ފިޔަވަޅުތައް އަދިވެސް އޮތީ "މޭޒުމަތީގައި" ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.
"އެއީ އެއްވެސް ކަހަލަ ބްލަފްއެއް ނޫން. އެކަން އޮތީ އަޅުގަނޑުމެންގެ 'މޭޒުމަތީގައި'،" ސީއެންއެންގެ ކެއިޓްލާން ކޮލިންސްއަށް ޖަވާބު ދެއްވަމުން ބައިޑެން ވިދާޅުވި އެވެ.
ޕުޓިންއަށް ދަތިކުރުމުގެ ފިޔަވަޅު ނޭއަޅުވަނީ ކީއްވެގެންތޯ ސުވާލު ކުރެއްވުމުން ބައިޑެން ސީދާ ޖަވާބެއް ނުދެއްވި އެވެ.
ބައިޑަން އިތުރަށް ވިދާޅުވީ، ޔޫކްރެއިންއަށް ރަޝިޔާއިން ދިން ހަމަލާގެ ބަދަލު ހިފުމަށް އެމެރިކާއިން އަޅަމުންދާ ފިޔަވަޅުތަކުގެ ވާހަކަ ބަޔާންކުރެއްވުމަށް ޕޫޓިންއާ ވާހަކަ ދެއްކެވުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ.
ބައިޑަން ވިދާޅުވީ ސްވިފްޓްއިން ރަޝިޔާ ވަކިކުރުމަކީ ޔޫރަޕްގެ އެހެން ގައުމުތަކުން މި ވަގުތު ކުރިއަށް ދާން ބޭނުންވާ މަގުސަދެއް ނޫން ކަމަށެވެ.
ބައިޑަން ވިދާޅުވީ، ދުނިޔޭގެ އެތައް ހާސް މާލީ އިދާރާތައް ގުޅުވައިދޭ ހައި ސެކިއުރިޓީ ނެޓްވޯކެއް ކަމަށްވާ "ސްވިފްޓް"އިން އެ ގައުމު ވަކިކުރުމަކީ "އަބަދުވެސް އޮންނަ އޮޕްޝަނެއް" ކަމަށާއި، ނަމަވެސް "މިވަގުތު އެއީ ޔޫރަޕްގެ އެހެން ގައުމުތަކުން ވެސް ގެންގުޅެން ބޭނުންވާ ކަމެއް ނޫން" ކަމަށެވެ.
"އެ މީހުންގެ ހުރިހާ ބޭންކަކަށް އަޅުގަނޑުމެން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ނުކުންނާނީ ހަމަ އެއް ނަތީޖާއެއް. ސްވިފްޓް އަށް ވުރެ ނަތީޖާ މާ ބޮޑު ވެދާނެ،" ބައިޑަން ވިދާޅުވި އެވެ.
ސްވިފްޓްއިން ރަޝިޔާ ވަކިކުރުމުން މާލީ އިދާރާތަކުން އެ ގައުމަށް ނުވަތަ ގައުމުން ބޭރަށް ފައިސާ ފޮނުވުމަކީ ވަރަށް ނާދިރު ކަމެކެވެ. މިކަމުގެ ސަބަބުން ރަޝިޔާގެ ކުންފުނިތަކަށާއި، އެކުންފުނިތަކުގެ ބޭރުގެ ކަސްޓަމަރުންނަށް، ޚާއްސަކޮށް، އެމެރިކާ ޑޮލަރުން ޑިނޯމިނޭޓްކުރާ ތެލާއި ގޭސް އެކްސްޕޯޓްކުރާ ފަރާތްތަކަށް ބޮޑު ގެއްލުމެއް ލިބޭނެ އެވެ.
ބުރާސްފަތި ދުވަހު ޔޫކްރެއިންގެ ޚާރިޖީ ވަޒީރު ޑިމިޓްރޯ ކުލޭބާ ކުރެއްވި ޓްވީޓެއްގައި ވަނީ ސްވިފްޓްއިން ރަޝިޔާ މަނާކުރުމަށް ހުޅަނގުގެ ކިބައިން އެދިވަޑައިގެންފަ އެވެ.
ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ސްވިފްޓް އިން ރަޝިއާ ވަކިކުރުމާ މެދު އީޔޫއިން އަދި ގޮތެއް ނުނިންމާ ކަމަށާއި އެ ނިންމުމާ ގުޅިގެން އީޔޫގެ ގައުމުތައް ވަނީ ބައިބައިވެފަ އެވެ.
އާ ނުވިސްނާނެތާ ބައިޑަންގެ ދަރިފުޅު ޔުކުރޭނުގައި ހިންގާ ވިޔަފާރިގަޑު އޮއްވާ، މިހާރު އެކަން އޮތީ ޕުޓިންގެ ބާރުގެ ދަށުގަވިއްޔާ