މާލެ ސަރަހައްދުގައި ޓެކްސީ ދަތުރުތައް 24 ގަޑިއިރަށް ހުއްޓާލުމަށް ޓެކްސީ ޑްރައިވަރުން މިރޭ ނިންމައިފި އެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެ، ރާއްޖޭގައި ވެސް އަގު ބޮޑުކޮށްފައި ވާތީ، މާލޭ ސަރަހައްދުގެ ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރަން ޓެކްސީ ސެންޓަރުތަކުން ވަނީ ނިންމާފަ އެވެ. އެހެން ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކުގައި ޓެކްސީ ދަތުރުތައް ނުކުރާ ނަމަ އެކަމަށް ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީން އަދި ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުންނާއި މިނިސްޓްރީން ޓެކްސީ ޑްރައިވަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް ހާމަކުރުމާ ގުޅިގެން ޓެކްސީ ޑްރައިވަރުން އަންނަނީ ހުޅުމާލޭގައި މިރޭ މުޒާހަރާ ކުރަމުންނެވެ.
ގިނަ އަދަދެއްގެ ޓެކްސީ ޑްރައިވަރުން މުޒާހަރާގައި ބައިވެރިވެފައިވާއިރު އެ ސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން ދަނީ އިލްތިމާސް ކުރަމުންނެވެ. މިއީ ޓެކްސީ ޑްރައިވަރުން އެންމެ ގިނަ އަދަދަކަށް އިހްތިޖާޖު ކުރާ ފުރަތަމަ ފަހަރެވެ.
އެގޮތުން އަގުތަށް އެ މީހުން ބޭނުންވާ ވަރަށް ބޮޑު ނުކޮށްފި ނަމަ، ޓެކްސީ ދަތުރުތައް ހުއްޓާލުމަށް ވެސް މަޝްވަރާ ކުރަމުންދާ ކަމަށް އެ މީހުން ބުނެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އާއްމުކޮށްފައިވާ ޓެކްސީ ދަތުރުތަކުގެ އަގުތަކަށް ބަލާއިރު، މިހާރު މާލެއާއި ހުޅުމާލެއާ ދެމެދު ޓެކްސީ ދަތުރު ކުރެވޭނީ 75 ރުފިޔާ އަށެވެ. އަދި މާލެއާއި-ހުޅުލެއާއި އަދި ހުޅުލެއާއި-ހުޅުމާލެއާ ދެމެދު ކުރާ ޓެކްސީ ދަތުރަކަށް އެންމެ ގިނަވެގެން ނެގޭނީ 60 ރުފިޔާ އެވެ. އަދި ޑިކީއަށް އަރުވާ ދާގީނާ ހިމެނޭހެން، މާލެ އަދި ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކަށް އެންމެ ބޮޑުކޮށް ނެގޭނީ 25 ރުފިޔާ އެވެ.
ޓެކްސީތަކުން ނަގާ އަގު ބޮޑުކުރުމަށް އަމިއްލައަށް ނިންމިއިރު، މިފަދަ ކަމަކާއި ގުޅޭގޮތުން ޓްރާސްޕޯޓް މިނިސްޓްރީއާ ބައްދަލުކޮށް މަޝްވަރާކޮށްފައި ވެސް ނުވެ އެވެ.
ޓެކްސީ ސެންޓަރުތަކުން އަމިއްލައަށް ކަނޑައެޅި އަގުތަކުގެ ތެރޭގައި މާލޭ ސިޓީގެ އެތެރޭގެ ދަތުރުތައް 30 ރުފިޔާ، ހުޅުމާލެ ފޭސް ދޭއްގެ އެތެރޭ ދަތުރުތައް، 25 ރުފިޔާ ހުޅުމާލެ ފޭސް އެކެއްގެ އެތެރޭގެ ދަތުރުތައް 25 ރުފިޔާ، ހުޅުމާލެ ފޭސް އެކަކުން ހުޅުމާލެ ފޭސް ދޭކަށް 40 ރުފިޔާއަށް ހަމަޖެއްސުން ހިމެނެ އެވެ.
މީގެ އިތުރުން ހުޅުމާލެ ފޭސް ދޭކުން މާލެއަށް އަދި މާލެއިން ހުޅުމާލެ ފޭސް ދޭކަށް 120 ރުފިޔާ ނެގުމަށް ވެސް ވަނީ ނިންމާފަ އެވެ. އަދި މާލެއިން ހުޅުމާލެއަށް، ހުޅުމާލެއިން މާލެއަށް 100 ރުފިޔާ، އެއާޕޯޓުން މާލެއަށް އަދި މާލެއިން އެއާޕޯޓަށް 80 ރުފިޔާ، އެއާޕޯޓުން ހުޅުމާލެއަށް އަދި ހުޅުމާލެއިން އެއާޕޯޓަށް، 80 ރުފިޔާ ނަގާއިރު ހުޅުމާލެއިން ހުޅުލޭ އެއާޕޯޓްގެ ސީޕްލޭން ޓާމިނަލަށް 100 ރުފިޔާ ނެގުމަށް ވަނީ ނިއްމާފަ އެވެ.
ހަމައެއާއެކު މާލެއިން ހުޅުލޭ އެއާޕޯޓްގެ ސީޕްލޭން ޓާމިނަލަށް 100 ރުފިޔާ، ހުޅުމާލެ ފޭސް ދޭކުން ހުޅުލެ ސީޕްލޭން ޓާމިނަލަށް 120 ރުފިޔާ ނެގުމަށް ސެންޓަރުތަކުން ވަނީ ނިންމާފަ އެވެ.
އަބަދުވެސް ފުށްޕާބައެއް ޓެކްސީ ޑްރައިވަރުން އެއްދަތުރުގަ 3 މީހުން އަތުންފީނަގާ ފޭރޭބައެއް ތީ! ވަރަށްގިނައިންކުރާކަމެއް! އެހެރެ މީހާ އަރުވާލަން ކިޔާފަ އެއްކޮޅަށް ތިން ހަތަރު މީހުން އަތުން އަގު ނަގާ!
ތި ޓެކްސީ ޑަރައިވޜުންނަކީ ވަރަށް ބަލާ ބޮޑު ބައެއް. މިއީ ދައުލަތުން ޕަބްލިކް ޓްރާންސްޕޯޓް ވަރުގަދަ ކުރަންވީ ވަގުތު. ޤައުމީ ހިދުމަތޭ ކިޔައިގެން ނާޖާއިޒް ފައިދާ ނަގާބައެއް. ޢާންމުން އަތުން ތިމާގެ ކޮޓަރީ ގެ ކުއްޔާ ފެން ކަރަންޓް އިންޓަރނެޓް ޑީކޯޑަރ .... މިހުރިހާ އެއޗެއްގެ ބިލަށްވާ ފައިސާ ނަގަން ޖެހެނީ ރައްޔިތުން އަތުން ބޮޑު އަގުނަގައިގެންތޯ. ކާކުތޯ ބުނީ ރަށުގަ ތިއްބާ ޓެކްސީ ކުރަން މާލެ އަންނަށް. ޢެހެންވީމަ ބުނާ ގޮތައް ނޫޅެވެއްޏާ ނައްޓާލާ
ތިބޭ ގިނަ ލާރި ކާން