ވޮޝިންޓަން (22 މާޗް) - މިހާރު ކުރިއަށްދާ ޔޫކްރެއިން ހަނގުރާމައިގައި ޔޫކްރެއިންއާ ދެކޮޅަށް ބައިލޮޖިކަލް ހަތިޔާރު ބޭނުންކުރަން ރަޝިއާއިން ވިސްނަމުން އަންނަ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.

ބައިޑަން މިހެން ވިދާޅުވެފައި މިވަނީ އެމެރިކާގެ ބޮޑެތި ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ބައިޑަން އިތުރަށް ވިދާޅުވީ އެފަދަ ފިޔަވަޅެއް ރަޝިއާއިން އަޅައިފި ނަމަ ހުޅަނގުގެ ރައްދު ވަރުގަދަވާނެ ކަމަށާއި އެކަމުގެ ނަތީޖާ ރަޝިއާއަށް ރަނގަޅު ނުވާނެ ކަމަށެވެ.

ބައިޑަން މި މޭރުމުން ވާހަކަ ދައްކާފައި މިވަނީ ޔޫރަޕްގައި އެމެރުކާއިން ނިއުކްލިއާ އަދި ބައޮލޮޖިކަލް ހަތިޔާރު ފޮރުވާފައިހުރި ކަމަށް ރަޝިއާގެ ރައީސް ވްލަޑިމިރް ޕުޓިން ތުހުމަތު ކުރައްވާފައި ވަނިކޮށެވެ.

"އެއީ ކަނޑައެޅިގެން ދޮގެއް. އެކަމުގެ ޔަގީންކަން ދެން،" ބައިޑަން ވިދާޅުވި އެވެ.

ރަޝިއާއިން މި ތުހުމަތު ކޮށްފައި އެވަނީ ހަނގުރާމައިގައި އެފަދަ ހަތިޔާރު ބޭނުން ކުރުމުގެ ނިޔަތުގައި ކަމަށް ބައިޑަން ވިދާޅުވި އިރު އޭނާ ވަނީ ރަޝިއާއިން ހަމަލާތައް އިތުރަށް ވަރުގަދަ ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ބުނެފަ އެވެ.

ބައިޑަންގެ ވާހަކަފުޅު ނިންމާލަމުން އޭނާ ވަނީ ރަޝިއާގެ މަގްސަދުތައް ކާމިޔާބުވިޔަ ނުދޭނެ ކަމަށް ބުނެ ޕުޓިންއަށަް ގޮން ޖައްސަވާފަ އެވެ. -- އަލް އަރަބިއްޔާ