ކެޔޮ ފަތުން ކެއުމަކީ ރާއްޖެއާއި އަވަށްޓެރި ބައެއް ގައުމުތަކުން މިހާރު ވެސް ފެންނަ މަންޒަރެކެވެ. ސަގާފަތުގެ އާދަކާދައެއްގެ ގޮތުން ކުރެވޭ މިކަމަކީ އެކަމުގައި ސިއްހީ ގިނަ ފައިދާތަކެއް ވެސް އެކުލެވޭ ކަމެކެވެ.
ކާއެއްޗެހޭގެ ރަހަ މީރުކޮށްދޭ
ކެޔޮ ފަތަކީ އެ ފަތުގެ ބޭރުގައި ވެކްސް ކޯޓެއް ހުންނަ ފަތެކެވެ. މި ވެކްސްގެ ސަބަބުން ކެއުމަށް ތަފާތު ރަހައެއް ގެނުވައިދީ ކާއެއްޗެހީގެ ރަހަ މީރުކޮށްދެ އެވެ.
ކެންސަރުން ރައްކާތެރި ކޮށްދޭ
ކެޔޮފަތުގައި ގިނަ އަދަދަކަށް ހިމެނޭ ޕޮލިފެނޯލް މާއްދާއަކީ ކެންސަރުން ދުރުކޮށްދޭ މާއްދާ އެކެވެ. މި މާއްދާތައް ކާއެއްޗެއްސާ އެކުވެ ހަށިގަނޑަށް އެތެރެ ވުމުން ކެންސަރު ސެލްތައް ނައްތާލަދެ އެވެ.
ކާއެއްޗެހީގައި ހުންނަ ޖަރާސީމު ނައްތާލަދޭ
މިފަތުގައި ހުންނަ އެންޓި ބެކްޓީރިއަލް ޕްރޮޕަޓީސްތަކުގެ ސަބަބުން ކާއެއްޗެހީގައި ހުންނަ ޖަރާސީމުތައް ނައްތާލަދީ ކެއުމަށް ރައްކާތެރި ތަކެއްޗަށް ހަދައިދެ އެވެ.
ހަޖަމުކުރުން ފަސޭހަ ކޮށްދޭ
ކެޔޮ ފަތުގައި ހިމެނޭ ސިއްހީ މައުދަންތައް ކާއެއްޗެއްސާ އެކުވެ، ހަށިގަނޑަށް އެތެރެވުމުން ހަޖަމުކުރުމުގެ ނިޒާމުގެ މަސައްކަތް ރަނގަޅު ކޮށްދީ، ބަނޑުހަރުވުން ފަދަ ކަންކަމުން ދުރު ކޮށްދެ އެވެ.
ބައެއްގެ ސަގަފަތް ދިރުވާ އާލާކުރަން ވީމާ ފަތްކޭލުގަ ހުރި ފައިދާ ކިޔާދެންވީ