ލ. ގަމުގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ޕިކަޕެއްގައި ޖެހި މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނާ އަށް ފަރުވާ ދެމުން ދަނިކޮށް މިރޭ މަރުވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ލ.ގަމު މުކުރިމަގު، ރުއްކުރި، އަހްމަދު ފަހީމް 29، މިރޭ މަރުވީ އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.

އޮކްޓޯބަރ މަހުގެ 29 ވަނަ ދުވަހުގެ ރޭ އެކްސިޑެންޓް ހިނގުމާއެކު އޭނާ ފުރަތަމަ ގެންދިޔައީ ލ. ގަމު ރީޖިނަލް ހޮސްޕިޓަލަށެވެ. އަދި ޖެހިގެން އައި ދުވަހު އިތުރު ފަރުވާ އަށް މާލެ ގެނަ އެވެ.

މި އެކްސިޑެންޓް ހިންގީ މިދިޔަ މަހުގެ 29ވަނަ ދުވަހުގެ ރޭ 9:30 ހާއިރު އެވެ.

ފުލުހުން ބުނެފައިވަނީ އެކްސިޑެންޓް ހިންގާފައިވަނީ ލ.ގަން މުކުރިމަގު، ލިންކް ރޯޑް ސަރަޙައްދުގައި ކަމަށެވެ. އެކްސިޑެންޓް ހިނގީ ލިންކް ރޯޑްގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ޕިކަޕެއްގެ ފަހަތުގައި ޖެހިގެންނެވެ.

ފަހީމް މަރުވި އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.