މަސްވެރިންގެ ޝަކުވާތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ވަރުގަދަ މެސެޖުތަކެއް ދެއްވައިފި އެވެ.

ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވަނީ ރޭގަ ވަރަށް ގިނަ މަސްވެރިން ފޯނުން ގުޅި ކަމަށާއި ވަރަށް ޝަކުވާއުފުލި ކަމަށެވެ. މަސްވެރިން ބޭނި މަސް ނުކިރި އެތައް ތަކުލީފެއްގައި އުޅޭން ޖެހުމުން ކުރާ ހައްޤު ޝަކުވާ ކަމަށާއި މަސްވެރިން ތަކުރާރުކޮށް ފާހަގަކުރާ އެއް ނުކުތާއަކީ، އެމް.ޑީ.ޕީ އިން ބުނެގެން އެމީހުން ބަލައިގަތް ވާހަކަތައް ކަމުގަ އެވެ. އަދި އެމީހުން އެހެން މަސްވެރިންގާތު އެވާހަކަތައް ދައްކާ ކަމަށާއި އޭގެ ސަބަބުން އެމްޑިޕީއަށް ވޯޓް ދިން މިންވަރުގެ ވާހަކަ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ މަސްވެރިކަން ތިޔާގިވެ މަސްވެރިން ބާނާ މަސް ނުކިރި، މަސް ގަތުން ސަރުކާރުން ކޮންޓްރޯލް ކުރުމާއި ގުޅިގެން މަސްވެރިންގެ ޝަކުވާ އިންތިހާއަށް ލިބޭކަމަށާއި މަސްވެރިންގެ ޝަކުވާ ހުރީ އުފުލަންޖެހޭ ތަކުލީފްތަކާއި ސަރުކާރުން މިކަމަށްދޭ އިޖާބަ ކުޑަ ކަން ރައީސް ނަޝީދު ފާހަގަ ކުރެއްވި އެވެ.

"މަސްވެރިން އިޝާރާތް ކުރަނީ 2018 ވަނައަހަރުގެ އެމް.ޑީ.ޕީ މެނިފެސްޓޯގައި ހުށަހަޅާފައިވާ ތަސައްވަރަށް. އަހަރު ދެކޮޅު ރާއްޖޭގައި މަސްވެރިކަން ރަގަޅުވާއިރު މި ތައްގަޑު، ދިވެހިން އަތުން ހިފާ ދެނެގަނެ އުޅޭތާ ހާހަކަށް ވުރެން ގިނަ އަހަރުވެއްޖެ. ތައްގަޑު ސާފުކޮށްދޭ މަސްވެރިކަން ރަގަޅު މޫސުން އަންނަ ކޮންމެފަހަރަކު ބާނާ މަސްގިނަވެ އެއަށް ހަދާނެގޮތް އޮންނަނީ ހުސްވެފައި. ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ އެމް.ޑީ.ޕީ ކޮންމެ އިންތިހާބަކަށް ނުކުންނަ ކޮންމެ މެނިފެސްޓޯއެއްގައިވެސް މަސްވެރިންބާނާ މަސް ގަނެވި އަދި އެއަށް ހަމައަގު ލިބޭނޭ ގޮތްތައް ރައްޔިތުންނަށް ހުށަހަޅާފައި." ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.

"މިއަދުވެސް، އަނެއްކާވެސް ސަރުކާރަށް ދަންނަވާން އޮތީ، އެމް.ޑީ.ޕީ މެނިފެސްޓޯގެ މަގަށް ރުޖޫއަ ވުމަށް. ވީވައުދު ފުއްދުމަށް މަސައްކަތް ކުރުމަށް." ރައީސް މުހައްމަދު ނަޝީދު

ސަރުކާރުގެ ކުންފުނިތަކުގެ ދަރަނި ބޮޑުކޮށް އެތަންތަނުގެ ފިނިގުދަން ޖާގައާއި ކާރުހާނާ ޖާގަ ބޮޑު ކުރުން ހުއްޓާލުމަށާއި ރާއްޖޭގެ މަސްވެރި ރަގަޅު ރަށްރަށުގައި، ރަށު ކައުންސިލާއި، މަސްވެރިންނާއި އަދި ވިޔަފާރިވެރިންނަށް ހިއްސާވެވޭނެ ނިޒާމެއްގައި ހިންގާ ކުދި މަސް ފެކްޓަރީތައް ހެދުން އަވަސް ކުރުމަށްވެސް ރައީސް ނަޝީދު ގޮވާލެއްވި އެވެ.

ރާއްޖޭގެ މަސްވެރިން ބާނާ ހުރިހާ މަސް ގަނެ އެމަސް ބަންދު ކުރެވި ރާއްޖެއިން ބޭރަށް ފޮނުވުމުގެ ޤާބިލްކަން އެއްވެސް ސަރުކާރަކަށް ނުހޯދުނު ކަމަށާއި ހޯދިދާނެކަމަށް ދެކުމަކީވެސް އަމާޒު ގެއްލުން ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.

" މި ސަރުކާރު އެމައްޗައް އުފެދިފައިވާ މެނިފެސްޓޯ، މައްސަލައަށް ހައްލެއް ހުށައެޅި. މަސްވެރިން ބާނާހާ މަހެއް ވިއްކި، ބަންދުކުރެވި ބޭރުކުރެވިދާނެ އިންތިޒާމެއް 2018 ވަނަ އަހަރުގެ އެމް.ޑީ.ޕީ މެނިފެސްޓޯ ހުށަހެޅި. "ގޭދޮށު މަސް ޕްލާންޓް" ގެ ސިޔާސަތު." ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިގޮތަށް ސަރުކާރަށް ފާޑު ވިދާޅުވެފައިވާއިރު، ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެ މިފްކޯއިންވަނީ މަސް ގަންނަ މިންވަރު އަނެއްކާވެސް ކޮންޓްރޯލް ކޮށްފަ އެވެ. އަދި ތެލާއި އައިސް ލިބުމުގެ ދަތިކަން މި ރަމަޟާން މަސް ފެށުނުފަހުން ކުރިމަތިވެފައިވާތީ މަސްވެރިންގެ ޝަކުވާތައްވަނީ އިންތިހާއަށް ބޮޑުވެފަ އެވެ. އަދި ކިޔޫގައި ޖެހިގެން ތިބެ މަސް ކިރުވަން ޖެހޭތީ މަސްވެރިން ދަނީ ވަރަށް ބޮޑަށް ޝަކުވާ ކުރަމުންނެވެ.