ހުޅުމާލޭގައި މުދާ އުފުލާ ލިފްޓެއް ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ ހުޅުމާލޭގައި ހުރި ގުދަނެއްގައި މުދާ އުފުލުމަށް ބޭނުންކުރާ ލިފްޓެއް ވެއްޓި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށް މިއަދު ހަވީރު 17:00 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި އެ ހާދިސާ ހިނގީ ޔުރެކާ ގޯޑައުންގަ އެވެ. އެތަން މިހާރު ބޭނުންކުރަނީ އިމޯ ހާޑްވެއާއިންނެވެ.

އެ ހާދިސާގައި އަނިޔާވި ދެ ބިދޭސީއަކަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް އެ ދެ ބިދޭސީންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެއެވެ.

އެ ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.