ރާއްޖޭން އިނގިރޭސިވިލާތަށް ކަނޑައަޅާ ސަފީރަކަށް ޖަމީލާ އަލީ ހާލިދު އައްޔަން ކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވައިފި އެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމުން، އެ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށްޓަކައި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަނީ ފޮނުއްވާފަ އެވެ. ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ގާނޫނުގެ ދަށުން، ރާއްޖޭން ބޭރު ގައުމުތަކަށް ކަނޑައަޅާ ސަފީރުންނާއި ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރެއްވުމުގެ ކުރިން މަޖިލީހުގެ ރުހުން ހޯދަންޖެހެ އެވެ.
އިނގިރޭސިވިލާތަށް ރާއްޖޭން ކަނޑައަޅާފައި ހުންނެވި ސަފީރުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި އިރުތިޝާމް އާދަމް ފޮރިން މިނިސްޓަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވުމާ ގުޅިގެންނެވެ.
ޖަމީލާ އަލީ އަކީ ޚާރިޖީ ދާއިރާގައާއި ދައުލަތުގެ ތަފާތު މަގާމުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން، މީގެ ކުރިން އޭނާ ވަނީ ރާއްޖޭން ބެލްޖިއަމަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމާއި، ޖަރުމަނުވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމުވެސް އަދާކުރައްވާފަ އެވެ.
މީގެ އިތުރުން ޖަމީލާ ވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމާއި އެ ކޮމިޝަނުގެ ނައިބު ރައީސްކަންވެސް ކުރައްވާފަ އެވެ. ސަފީރުކަމުގެ މަޤާމަށް އޭނާ އައްޔަން ކުރެވޭނީ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން މައްސަލަ ދިރާސާކޮށް ނިންމުމަށްފަހު، މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓުން އެކަން ފާސްވުމުންނެވެ.
ސިއުޒާގެ އެހީތެރި "ދެއަތް" އަބަދުވެސް އެންމެނަށް!
ސޯސަންމަގު އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
މާމެލާމެލީގެ އިތުރުން ތަފާތު ތަޖުރިބާއެއް ކުރެވޭނެ 5 ބަގީޗާއެއް!

ރައީސް މައުމޫނުގެ ރަން 30 އަހަރުގައިވެސް ހަމަ ފެންނަ މޫނުތައް އަދިވެސް ބޮޑެތި މަޤާމްތަކުގައި މި އުޅެނީ މި ޤައުމުގެ ކިޔަވައިގެން ވަޒީފާގެ ބާޒާރަށް ޤާބިލް މީހުން ނުނިކުންނަނީބާއޭވެސް ހިތައް އަރައި!