ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު "ގެއްލުވާލާނެ" ކަމުގެ އިންޒާރު އެމްޑީޕީގެ ކުރީގެ ރައީސް އަދި ފައްޔާޒް އިސްމާއީލްގެ ބޭބެ އިބްރާހީމް އިސްމާއީލް (އިބްރާ) ދިން މައްސަލަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ހުށައަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަކަށް މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ފޮނުއްވި ސްކްރީން ޝޮޓެއްގައި ވަނީ މޭ މަހުގެ ފަނަރަވަނަ ދުވަހުން ފެށިގެން ރައީސް ނަޝީދު ގެއްލޭނެކަމަށް ބޮންޑޭ ގާތުގައި ބުނުމަށް އިބުރާ ވިދާޅުވި ކަމަށެވެ. އަދި ރައީސް ނަޝީދު ގެއްލެނީ ކިހިނަކުންތޯ އެހުމުން އެއީ އެމަނިކުފާނު ޤައުމުން ގެއްލޭނީ ކަމަށާއި ނުވަތަ އަމިއްލައަށް ފެއްސިގަންނާނީ ކަމަށް އިބުރާ ވިދާޅުވި ކަމަށް އެ މެސެޖުގައި ބުނެފައިވެ އެވެ. އިބްރާ މިފަދަ އިންޒާރެއް ރައީސް ނަޝީދަށް ދީފައިވަނީ ކުރީގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އާއި ދެމެދުގައި ދެކެވުނު ވާހަކައެއްގެ ތެރެއިންނެވެ. އަދި މަޖިލީހުގެ އަމީން ޢާންމާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރު މެންބަރު މުހައްމަދު އަސްލަމް ޓެގުކުރައްވައި ބޮންޑޭ ވިދާޅުވީ މޭ މަހުގެ ފަނަރަވަނަ ދުވަހު ރައީސް ނަޝީދު ގެއްލޭނެކަމަށް ބުނެ އިންޒާރުދިން މައްސަލަ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ ސަމާލުކަމަށް ގެންނަވާ ކަމަށެވެ. އަދި އެއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް ވެސް އޭނާ އެދިވަޑައިގެންނެވި އެވެ.
ރައީސް ނަޝީދަށް އިބްރާ މިފަދަ އިންޒާރެއް ދެއްވި އިރު އެމްޑީޕީގެ ޗެއަެޕާސަންކަމުގެ މަގާމަށް ރައީސް ސާލިހުގެ ފެކްޝަނުން ވާދަކުރައްވާނީ އިބްރާގެ ކޮއްކޮ ފައްޔާޒް އިސްމާއީލެވެ. ރައީސް ނަޝީދުގެ ފެކްޝަނުން ވާދަކުރައްވަނީ އިމްތިޔާޒް ފަހުމީ އެވެ. މި ފެކްޝަންތަކުގެ މެދުގައި ވާދަވެރިކަމާއި ހިޔާލު ތަފާތުވުން އުފެދި ދެފެކްޝަނުގެ މެދުގައިދަނީ ހޫނު ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ. އަދި ރައީސް ނަޝީދު ގެންދަވަނީ ރައީސް ސާލިހަށާއި ސަރުކާރަށް ފާޅުގައި ފާޑު ވިދާޅުވަމުން ނެވެ.
ތި ކިހިނެއް އިންޒާރަކަށްވަނީ. ތިއީ އިބްރާގެ ހިޔާލެއް ވިސްނޭގޮތެއް.
ތީ ގައުމައް ޖެހިފައޮތް ވަބާއެއް
ތީހަމަ ތެދެއް މަޖިލިސް ރައީސް ގޮނޑި ގެއްލިއްޖެ ނަމަދެން ގެއްލުނީ ހަމަ ދެންވެސް ދާނީ ޔޫރަޕަށް ގޮނޑި ދުއްވަން