މޮސްކޯ (04 މެއި) - މިހާރު ކުރިއަށްދާ ޔޫކްރެއިން ހަނގުރާމައިގައި އެގައުމުގެ ފަރާތުން އިޒްރޭލުގެ ހަނގުރާމަވެރިން މައިދާނުގައި ހަރަކާތްތެރި ވަމުންދާ ކަމަށް ރަޝިއާއިން ތުހުމަތު ކޮށްފި އެވެ.
އެގޮތުން ރަޝިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާރިއާ ޒަކަރޯވާ ވިދާޅުވީ އިޒްރޭލުގެ ހަނގުރާމަވެރިން އަންނަނީ ހުޅަނގު ޔޫކްރެއިންގެ އަޒޯވްގައި ހަރަކާތްތެރިވަމުން ކަމަށެވެ.
އަޒޯވްއަކީ 2014 ވަނަ އަހަރު ޔޫކްރެއިންއާއި ރަޝިއާއާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ރަޝިއާއަށް ތާއީދުކޮށް ވަކި ދައުލަތެއް އިއުލާންކުރި ޑޮންބަސްއާ ދެކޮޅަށް ތެދުވި ސަރަހައްދެކެވެ.
ރަޝިއާއިން އިޒްރޭލަށް މި ތުހުމަތު ކޮށްފައި މިވަނީ ހިޓްލަރަކީ ޔަހޫދީ ދަރިކޮޅުގެ މީހެއް ކަމަށް ރަޝިއާއިން ބުނުމުން އެގައުމާ އިޒްރޭލުގެ ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގަ އެވެ.
މީގެ އަހަރުތަކެއް ކުރިން އަނިޔާވެރި ހަނގުރާމައިގެ ޖަރީމާތަކެއް ހިންގި އެޑޮލްފް ހިޓްލަރަކީ ޔަހޫދީ ލޭ ހިނގި މީހެއް ކަމަށް މިދިޔަ އާދީއްތަ ދުވަހު ރަޝިއާގެ ފޮރިން މިނިސްޓަރު ސާޖޭ ލަވްރޯވް ބުނުމާއެކު އިޒްރޭލުން ވަނީ އެކަމުގެ ނުރުހުން ފާޅުކޮށްފަ އެވެ.
އިޒްރޭލަކީ ޔަހޫދީންނަށް ވާގިވެރިވާ ޔަހޫދީ ދައުލަތަކަށް ވުމާއެކު ރަޝިއާއިން މި ބީދައިން ވާހަކަ ދެއްކުމުން ދެގައުމުގެ ދެމެދުގައި އޮތް ގުޅުމާމެދު ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. -- އަލް އަރަބިއްޔާ
ދިވެހި ވިޔަފާރިތަކުން ބޭރު ފައިސާ މާރުކުރުމަށް ލުޔެއް
ރެކޯޑެއް: މީހެއްގެ ގައިން 3.1 ކިލޯގެ ބްލެޑާ ސްޓޯނެއް ނަގައިފި
އިމްރާމް ހާން ޖަލުން ހޮސްޕިޓަލަށް ބަދަލުކުރަން އަމުރުކޮށްފި