ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހަތް މީހަކު ހޯދަން އިއުލާންކޮށްފި އެވެ.

އެ މައްސަލައާ ގުޅިގެން ހޯދަމުންދަނީ ދަފްތަރު ނަންބަރު ރސ2260، މަޢުޞޫމް މުޙައްމަދުދީދީ (27އ) އާއި ތ. ތިމަރަފުށި، ސީނުގެ، އަޙްމަދު ޝިމްޙާޒު (22އ) އާއި މ. ލޮނުމިދިލިގެ، ލޫޠު އަޙްމަދު އާސިފް (18އ) އާއި ގއ. މާމެންދޫ، ގްލޭނޫރަންމާގެ، އަޙްމަދު ރަބީޢު (24އ) އާއި ގއ. ގެމަނަފުށި، ކެނެރީގެ، އަޙްމަދު ނާޒިހު (27އ) އާއި ސ. ހުޅުދޫ، ނާދީ، މުނާދު ޖަޢުފަރު (20އ) އާއި ސ. މަރަދޫ، ކޮރަލް، އަޙްމަދު ސާތިޢު (21އ) އެވެ.

މިމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރުއަދާކޮށްފަ އެވެ.