ކ. މާފުށީގައި މީހަކަށް ތޫނުއެއްޗަކުން ހަމަލާދޭން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ މާފުށީގައި ތޫނުއެއްޗަކުން މީހަކަށް ހަމަލާދޭން އުޅުނު މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށްފައި ވަނީ މާފުށިން މާލެ އައިތަނުންނެވެ. ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފަ އެވެ.
އެ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އީރާނުގެ ފުޓްބޯޅަ ޓީމަށް އެމެރިކާއަށް އެތެރެވުމުގެ ވިސާ ދީފި
"ހޭ ޖަވާނީ ތޯ އިޝްގް ހޯނާހޭ"އަށް ބޮކްސް އޮފީހުގައި ފިނި ފެށުމެއް!
ނަފްސާނީ ދުޅަހެޔޮކަން: އަޅާނުލާ ދޫކޮށްލައިގެން ނުވާނެ 3 ކަމެއް!

ރާބޯން އުޅޭޚަމަށް ސައްކުކުރެވޭ ކިތަށްމީހުން އެބަތިބިތަ؟