ވަޒީފާއެއް ހޯދަން އިންޓަވިއު އަކަށް ދާއިރު ތިމާ ހެދުން އަޅާ ގޮތަކީ ވަޒީފާ ދޭ ފަރާތަށް ތިމާ ސިފަވާ ގޮތް ނުވަތަ "ފަސްޓް އިމްޕްރެޝަން"ގައި ވަރަށް މުހިއްމު ދައުރެއް އަދާ ކުރާ ކަމެކެވެ. މުނާސަބަތާ ގުޅޭ ގޮތުން އިންޓަވިއުއަށް ހެދުން އަޅާއިރު ސަމާލުވާންޖެހޭ ބައެއް ކަންކަން ހުރެ އެވެ.

އެއްކުލައެއްގެ ހެދުން ލުން

އެއްކުލައަކަށް ހުންނަ ހެދުމަކީ އިންޓަވިއު އަށް މުހިއްމު އެއްޗެކެވެ. އިންޓަވިއު އަށް ދަނީ ތިމާ މީހާ ފެޝަނަށް ކުރާ ލޯބި ދައްކާކަށް ނޫނެވެ. އެހެންނަމަވެސް އެމީހެއްގެ ތަޢުލީމާއި، ހުނަރު ދައްކައި ދޭށެވެ. އެހެންކަމުން އިންޓަވިއު ކުރާ ފަރާތަށް އެކަން ހޯދައި ބެލުމުގެ ފުރުސަތު ދިނުން މުހިއްމެވެ. މަންޒަރު ޖެހި ހެދުމުގެ ސަބަބުން ތިބާގެ ޕްރޮފެޝަނަލް ލުކް ގެއްލިދެ އެވެ. އެހެންކަމުން ކަޅު ނުވަތަ އަޅި ނުވަތަ ގަދަ ނޫކުލަ ކަހަލަ ހެދުން ލުން ބުއްދިވެރިވާނެ އެވެ.

ވިދާ ކުލަ ކުލައިގެ ހެދުން ނުލުން

ރީނދޫ، އޮރެންޖު ފިޔާތޮށި ފަދަ ކުލަތަކުގެ ހެދުންތަކަކީ އިންޓިވިއު ކުރާ ފަރާތުގެ ފޯކަސް ގެއްލި ތިބާގެ ގާބިލިއްޔަތު ކަމަށް އިންސާފު ކުރުމުގައި ދަތިތަކެއް ގެނުވާނެ ކަމެކެވެ. އޭގެ ބަދަލުގައި ކަޅު، ހުދު، ނޫ، އަޅި ފަދަ ނިއުޓްރަލް ކުލަތައް ޚިޔާރު ކުރާށެވެ.

މަގާމާ ގުޅޭ ގޮތަށް ހެދުން އެޅުން

ކޮންމެ ވަޒީފާއަކީ ވެސް ތަފާތު ވަޒީފާ އެކެވެ. އެދޭ ވަޒީފާއެއްގެ ގޮތުން ތިމާ ހެދުން އެޅުމުގެ ރަސްމީކަަން ގެންގުޅެން ވާނެ އެވެ. އާދައިގެ ވަޒީފާތަކަށް ސްމާޓް ކެޒުއަލް ހެދުމެއް ބޭނުންކުރި ނަމަވެސް މެނޭޖްމަންޓް ފަންތީގެ މަގާމެއްގެ އިންޓަވިއުއަށް ދާންވާނީ ކޯޓުފަޓުލޫނު ފަދަ ރަސްމީ ހެދުމެއްގަ އެވެ.