ހުޅުމާލެ ދެވަނަ ފިޔަވަހީގެ އަމާން ޓަވަރުތައް ކައިރިއަށް ގަވާއިދާ ހިލާފަށް ކުނި އަޅާ މީހުން ދެނެގަނެ ފިޔަވަޅު އެޅުމަށް އެ ޓަވަރު ތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށް މޮނިޓާކުރަން ފަށައިފި އެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނީ އަމާން ދޯދި އަދި އަމާން އުދަރެސްގެ ހުރިހާ ޓަވަރުތަކުގައި މިހާރު ކެމެރާ ހަރުކުރުމާ ގުޅޭ އެންމެހާ މަސައްކަތްތައް ނިމިފަވާ ކަމަށެވެ. އަދި އަމާން އުދަރެހުގެ ޓަވަރުތަކުގައި ކެމެރާ ހަރުކޮށް، ޓެސްޓްކޮށް އަދި ސީސީޓީވީ އޮޕަރޭޝަންގެ އެންމެހާ އިންތިޒާމްތައް ވެސް ވަނީ ނިންމާފައި ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. އަދި އަމާން ދޯދީގެ ޓަވަރުތަކުގައި ކެމެރާ ހަރުކޮށް ނިމި، މިހާރު ކުރަމުންދަނީ ކެޕެރާ ސިސްޓަމްތައް ޓެސްޓްކުރުމާއި އޮޕަރޭޝަންގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކަމަށް އެފްޑީސީން ބުންޏެވެ.
އެ ސަރަހައްދަށް ކުނި އަޅާ މައްސަލަ ބޮޑުވެފައި ވާއިރު، އެ ތަނަށް ޖަމާކޮށްފައިވާ 670 ޓަނުގެ ކުނި އެފްޑީސީން ވަނީ ނަގާފަ އެވެ. އަދި އާންމު ސަރަހައްދުތަކަށް އުސޫލާ ހިލާފަށް ކުނި އުކާލުމުގެ ސަބަބުން ވޭތުވެދިޔަ ނުވަ މަސްދުވަހު އެ ސަރަހައްދުން ކުނި ނައްތާލުމަށް އެކަނިވެސް 13.5 މިލިއަން ރުފިޔާ ހޭދަކުރަން ޖެހުނު ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
އެ މައްސަލައިގެ އިތުރުން މި މަސައްކަތަކީ އެ ޓަވަރުތަކުގައި ދިރިއުޅޭ މީހުންނާއި އަދި އެ ސަރަޙައްދު ބޭނުންކުރާ މީހުންގެ ރައްކާތެރިކަމަށް ކުރަމުންދާ މަސައްކަތެވެ. މި ސަރަޙައްދުތައް 24 ގަޑިއިރު ބަލަހައްޓަމުން ދާނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.
ބުރިޖުގައި އެކްސިޑެންޓެއް ހިނގައި ދަތުރުފަތުރަށް ބުރޫއަރައިފި
ރަޝިޔާ މާކެޓް ފުޅާކޮށް ފްލައިޓްތައް އިތުރުކުރަން އެއްބަސްވެއްޖެ
އުމުރުން 36 އަހަރުގައި "ސްކްރީމް"ގެ ތަރި ހޭޑެން މަރުވެއްޖެ