ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓުވިޓާގެ ގާނޫނީ ޓީމުން އެ ކުންފުނީގެ ވެރިޔާ އިލަން މަސްކަށް އިންޒާރު ދީފައިވާ ކަމަށް ޚުދު އޭނާ ބުނެފި އެވެ.

އިލަން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ޓްވިޓާގެ ގާނޫނީ ޓީމުން އޭނާއަށް ގުޅައި އެކުންފުނީގެ ގަވާއިދުތަކާ ޚިލާފުވެފައިވާ ކަމަށް އަންގައި އިންޒާރު ދީފައިވާ ކަމަށެވެ.

އިލަން ވަނީ ކުންފުނީގެ ސިއްރިއްޔާތު ހިފަހައްޓާ ގަވާއިދު ނޮން ޑިސްކްލޯޒާ އެގްރީމަންޓްއާ ޚިލާފުވެފައިވާ ކަމަށް އެޓީމުން އޭނާއަށް އަންގާފައިވެ އެވެ.

އެގޮތުން އެލަން ވަނީ ޓްވީޓާގައި ހުރި ފޭކް އެކައުންޓްތަކުގެ އެސްޓިމޭޓް އަދަދަކީ 100 ކަމަށް ބުނެފަ އެވެ.

ޓްވިޓާގައިވާ ހެދިފައިވާ ފޭކް އެކައުންޓްތަކުގެ ރިޕޯޓު ލިބަންދެން 44 ބިލިއަން އެމެރިކާއަށް ޑޮލަރަށް ކުންފުނި ގަތުމަށް ކުރަށް ދިޔަ ޑީލް މެދުކަނޑާލާފައިވާ ކަމަށް އެލަން ވަނީ ޓްވީޓް ކޮށްފަ އެވެ.

މި ފޭކް އެކައުންޓްތަކުގެ ތެރެއިން 90 ޕަސެންޓަކީ އެކްޓިވް އެކައުންޓްތަކެއް ކަމަށާއި 100 އަކީ ރަމްޒާ އަދަދެއް ކަމަށް ވެސް އިލަން ބުނެފައިވެ އެވެ.