ހަންގަނޑު ރީތިކޮށް ބެހެއްޓުމަކީ ކޮންމެ މީހަކުވެސް ބޭނުންވާނެ ކަމެކެވެ. ހާއްސަކޮށް އަންނެހުންނެވެ. އެގޮތުން ކިއުކަމްބާއަކީ ހަމުގެ ދުޅަހެޔޮކަށް އިތުރުކޮށްދީ ތާޒާކަން އިތުރުކޮށްދޭ ފައިދާކުރި ތަރުކާރީއެކެވެ. މި ލިޔުމުގައި މި ގެނެސްދެނީ އަވިން ލިބޭ ގެއްލުމުން ރައްކާތެރިވާން އެހީވެދޭ ޕޭސްޓެކެވެ.

ބޭނުންވާ ތަކެތި

  • 1 ކިއުކަމްބާ (ފޮތިކޮށްފައި)
  • 1 ތަށި ޔޯގަޓް

ހަދާނެ ގޮތް

ކިޔުކަންބާ ފޮތިކޮޅުތައް މުގުރާލުމަށްފަހު އާދައިގެ ޔޯގަޓްކޮޅެއް އަޅާ އެއްކޮށްލުމަށްފަހު މޫނުގައި ހާކާށެވެ. އަދި 15 މިނެޓް ބެހެއްޓުމަށްފަހު ފިނިފެނުން ދޮވެލާށެވެ. ހަންގަނޑު އުޖާލާކޮށްދީ ހަންގަނޑު އަލިކޮށްދޭނެ އެވެ.

ހެނދުނު ހޭލާއިރު ލޯ ކައިރި ފުއްޕައިފަ ހުރުމަކީ ބައެއްފަހަރު ދިމާވާ ކަމެކެވެ. އަދި ނިދި މަދުވުގެ ސަބަބުން ލޯ ކައިރި ކަޅުވެފައި ހުރުމަކީ ވަރަށް ގިނައިން ފެންނަ ކަމެކެވެ. ދެ ފޮތި ކިޔުކަންބާ ފިނިކޮށްލުމަށްފަހު ލޯ މަތީގައި 8 ވަރަކަށް މިނެޓް ވަންދެން ބާއްވާލާށެވެ. ހަފްތާއަކު މިގޮތަށް ކަންތައް ކޮށްލުމުން ތަފާތު ފާހަގަވާނެ އެވެ.

ހަނގަނޑުގެ ރީތިކުރުމަށް ކިޔުކަންބާ ބޭނުންވަނީ ހަމައެކަނި މޫނުގައި ހާކަށް ތައްޔާރުކޮށްލައި ޕޭސްޓަކުން ނޫނެވެ. ކިޔުކަންބާ ފެނަކީވެސް ހަށިގަނޑަށް ފައިދާހުރި ބުއިމެކެވެ.

ބޭނުންވާ ތަކެތި

  • 8 ލީޓަރު ފެން
  • 2 ކިއުކަމްބާ
  • ކުޑަ ލޮނުކޮޅެއް

ހަދާނެ ގޮތް

ކިޔުކަމްބާ ފެންފުޅިއެއް ތެރެއަށް ތުނިކޮށް ކޮށާލުމަށްފަހު ލޮނުއެޅުމަށްފަހު އެއްކޮށްލުމުން ކިޔުކަންބާ ފެން ތައްޔާރުވީ އެވެ. މިއީ ފިނިކޮށްގެން 3 ދުވަހަށް ބޭނުންކުރެވޭނެ އެވެ. އަދި މި ބުއިމުން ހަށިގަނޑު ތާޒާކޮށްދީ، ހަންގަނޑުން ކުރަކި ކަން ފިލުވައިދޭނެ އެވެ.