އާންމު މަސްލަހަތަށް ގެއްލުންހުރި އަމަލެއް ހިންގުމުގެ މައްސަލައެއްގެ ތުހުމަތުގައި ފުލުހުން ހޯދަން އިއުލާންކުރި މީހާ ހައްޔަރުކޮށްފި އެވެ.
އާންމު މަސްލަހަތަށް ގެއްލުންހުރި އަމަލެއް ހިންގުމުގެ ތުހުމަތުގައި ފުލުހުން ހޯދަމުންދިޔަ މީހާ ފާހާނާ ތެރޭގައި ފިލާ އޮއްވާ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ އުމުރުން 34 އަހަރުގެ ކ. މާލެ، މއ. ލެއްގި، އަބްދުލް ޣައްފާރު އަބްދުލް ޣަފޫރު ކަމަށެވެ.
އެމީހާ ހައްޔަރުކޮށްފައިވަނީ އޭނާ ދިރިއުޅެމުންދާ ގޭގެ ފާހާނާ ތެރޭގައި ފިލާ އޮއްވައި މިއަދުގެ 17:12 ހާއިރު ކޯޓު އަމުރެއްގެ ދަށުން ކަމަށްވެސް ފުލުހުން ބުނެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ "އިންޑިއާ އައުޓް" ފާރުތަކުގައި ސްޕްރޭ ކުރުމުގެ މައްސަލާގަ އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރަން ގޮވާލާ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ފަށާފައިވާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގަރާރަކުން ވަނީ ކަނޑައަޅުއްވާފަ އެވެ. އެ ގަރާރާއެކު މާލޭ އާއި އަތޮޅުތަކުގައި ހަރުކުރަމުންދާ އިންޑިއާ އައުޓް ބެނާތައް ފުލުހުން އަންނަނީ ނަގަމުންނެވެ.
ބީއެމްއެލް އިސްލާމިކްގެ ހައްޖު ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި
އެޑިއުކޭޝަން މިނިސްޓްރީން ޕެންޝަން ފައިސާ ޖަމާ ނުކުރާތާ 6 މަސް
އުދިތުއަށް އޭނާގެ ކުރީގެ އަންހެނުންގެ ތުހުމަތުތަކެއް!