ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ އަރުޖުން ކަޕޫރާއި މަލައިކާ އަރޯރާ މިއަހަރުގެ ފަހުކޮޅު ކައިވެނިކުރުމަށް ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މަލައިކާ އާއި އަރުޖުން އާއި ގާތް ގުޅުމެއް އޮންނަ ފަރާތަކުން އިންޑިޔާގެ ނޫހެއް ކަމުގައިވާ ''ބޮލީވުޑު ލައިފް'' އަށް ދިން އިންޓަވިއުގައި ބުނެފައިވަނީ މިއަހަރުގެ ފަހުކޮޅު އެ ދެ ފަންނާނު ކައިވެރި ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ކައިވެނި ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށްވެސް ރިޕޯޓްގައި ވަނީ ބުނެފަ އެވެ.

މި ދެ މީހުން ރައްޓެހިވެގެން އުޅޭތާ މިހާރު ތިން އަހަރެއްހާ ދުވަސްވެފައިވާ އިރު، މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ކައިވެނީގެ ވާހަކަތަކެއް މީޑިއާތަކުގައި ދެކެވިފައިވެ އެވެ.

https://www.instagram.com/p/CVXByfmo16D/

އަރުޖުން، 36، އާއި މަލައިކާ، 48، ރައްޓެހިވީ 2018 ގަ އެވެ. މަލައިކާ އަކީ ސަލްމާންގެ ޚާންގެ ކޮއްކޮ އަރުބާޒް ޚާންގެ ކުރީގެ އަންހެނުންނެވެ. އެ ދެ މީހުންގެ ކައިވެނި ރޫޅާލި އިރު ދަރިޔަކު ވެސް ލިބިފައިވެ އެވެ. އެއީ މިހާރު 19 އަހަރުގެ އަރުހާން ޚާނެވެ.

އަރުޖުން އަކީ އެކްޓަރު އަނިލް ކަޕޫރްގެ ބޭބެ ޕްރޮޑިއުސަރު ބޯނީ ކަޕޫރްގެ ހަތަރު ދަރިންގެ ތެރެއިން ހަމައެކަނި ފިރިހެން ދަރިފުޅެވެ.

https://www.instagram.com/p/CQlHNc-ByWS/

ބޮލީވުޑް ލޯބިގެ ޖޯޑުތަކުގެ ތެރެއިން އެންމެ ގިނަ ބަޔެއްގެ މަލާމާތް ރައްދުވާ ޖޯޑަކީ ވެސް މަލައިކާ އާއި އަރްޖުން އެވެ. އަރްޖުން އަށް ވުރެ މަލައިކާ 12 ވަރަކަށް އަހަރު ދޮށިވެފައި އޭނާގެ 19 އަހަރުގެ ދަރިއަކު ހުރުން އެއީ ބައެއް މީހުން އެ ދެ މީހުންނަށް އެންމެ މަލާމާތްކުރާ އެއް ސަބަބެވެ.