ޖަޕާނުގެ ސަރުކާރު އިދާރާއަކަށް އެރި އޮޅުމަކުން އެގައުމުގެ ރައްޔިތަކަށް 36000 އެމެރިކާ ޑޮލަރު ދެވުނު މައްސަލައެއްގައި އެމީހާ ހައްޔަރު ކޮށްފި އެވެ.

ކޮވިޑްގެ ސަބަބުން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީ ވުމުގެ ކެމްޕެއިންގެ ދަށުން 24 އަހަރުގެ އެމީހާއަށް ދެވުނު އެހީއަކީ އޭނާއަށް ހައްގު ނޫން އެހީއެއް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އެއާއެކު ފައިސާ ހޯދަން އެ މީހާއަށް ގުޅައި އެކި ގޮތްގޮތުން ކުރެވުނު މަސައްކަތްތައް ނާކާމިޔާބު ވުމުން ސަރުކާރުން ވަނީ އޭނާއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށައަޅާފަ އެވެ.

އެމީހާ ބުނާ ގޮތުގައި ފައިސާ ލިބުމާއެކު އޭނާ ވަނީ އޮންލައިންކޮށް ޖުވާ ކުޅުމާއި އެހެނިހެން ކަންކަމުގައި އެ ފައިސާ ޚަރަދު ކޮށް ހުސްކޮށްފަ އެވެ. އެހެން ނަމަވެސް އެ ފައިސާ އަނބުރާ ރައްދު ކުރާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.

ޖަޕާނުގެ އިދާރާތަކަށް ހެދުނު މި ގޯހާއެކު އެގައުމުގައި މަ މިއްސަލަ ވަނީ ބޮޑުވެފަ އެވެ. އެގޮތުން ސަރުކާރުގެ އިހުމާލުން އެހާ ބޮޑު އަދަދެއް ގެއްލިގެން ދިޔައީތީ ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.

މި މީހާ މިވަގުތު އިދާރާތަކުގެ ބެލުމުގެ ދަށުގައި ހުރި އިރު އޭނާގެ މައްޗަށް މަކަރުން އެހެން ފަރާތެއްގެ މުދަލަށް އަރައިގަތުމުގެ ދައުވާ ވަނީ އުފުލާފަ އެވެ.

މި މައްސަލައާ ގުޅިގެން ގޯސް ހެދި އިދާރާގެ ބޭރުގައި މުޒާހަރާ ކުރާއިރު އެ އިދާރާއަށް ނުރުހުމުގެ ނުރުހުމުގެ ކޯލުތަކާއި އިންޒާރުތައް ވެސް ލިބެމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެ އެވެ.