ރިޔާދު (03 ޖޫން) - އޯޕެކް ގައުމުތަކާއި އެ ޖަމާއަތަށް ވާގިވެރިވާ ގައުމުތަކުން ތެޔޮ އުފައްދާ މިންވަރު އިތުރު ކުރަން އެ ޖަމާއަތުން ނިންމައިފި އެވެ.
މި ނިންމުމަކީ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ރަޝިއާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެގައުމުގެ ތެލުގެ އުފެއްދުންތެރިކަން ދަށްކޮށްފި ނަމަ އެކަން ފޫބައްދަން ސައޫދީ އަރަބިއާއަށް ލިބުނު ފުރުސަތެކެވެ.
އޯޕެކްގެ މި ނިންމުމާއެކު ކުރިއަށް އޮތް ޖުލައި- އޮގަސްޓް މަހު އެ ޖަމާއަތުން ތެޔޮ އުފައްދާ މިންވަރު ދުވާލެއްގެ މައްޗަށް 648،000 ފީފާއަށް އިތުރުވާނެ އެވެ.
ރަޝިއާގެ ތެޔޮ އިމްޕޯޓް ކުރުން އީޔޫއިން މަނާކޮށްފައި އޮތް މި ދަނޑިވަޅުގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް މަތިވެފަ އެވެ.
އެހެން ނަމަވެސް އޯޕެކްއިން ތެލުގެ އުފެއްްދުންްތެރިކަން އިތުރު ކުރުމަކީ ބާޒާރުގައި ސަޕްލައި އިތުރުވެ އަގުތައް ކުޑަވާން މެދުވެރިވާނެ ކަމެކެވެ.
ސައޫދީ އަރަބިއާގެ އޮފިޝަލަކު ބުނީ ތެލުގެ ބާޒާރުގެ މިވަގުތުގެ ހާލަތު އެގައުމުގެ އިދާރާތަކަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި އަގުތައް ކޮންޓްރޯލް ކުރުމަކީ މިވަގުތު މުހިއްމު ކަމެއް ކަމެއް ކަމަށެވެ.
ސައޫދީ އަރަބިއާއިނުް ތެލުގެ އުފެއްދުންތެރިކަން އިތުރު ކުރަން މީގެ ކުރިން ދެކޮޅު ހެދި ނަމަވެސް ކުރިއަށް އޮތް ތަނުގައި ތެލުގެ ބާޒާރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެ އެވެ. -- ބިޒްނަސް އިންސައިޑާ