ބެންގަލޫރު (04 ޖޫން)- ޓުވިޓާގެ ހިއްސާ އިލޮން މަސްކަށް ބަދަލުކުރުމަށްޓަކައި މަަޑުކުރަން ޖެހޭ މުއްދަތު ހަމަވެއްޖެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މިއާއެކު ދެން ކުރަން އޮންނާނީ އެންމެ ފަހުގެ ލިޔެކިޔުމުގެ މަސައްކަތްތައް ކަމަށާއި އެއަށްފަހު ރަސްމީގޮތުން ޓްވިޓާގެ މިލްކުވެރިކަން އިލޮންއަށް ލިބިގެންދާނެ ކަމަށް ވެސް ޓުވިޓާއިން ބުނެ އެވެ.

އެގޮތުން ކުންފުނީގެ ޝެއާ ހޯލްޑަރުންގެ ހުއްދައަށް އެދުމާއި އެހެނިހެން އިދާރީ މަސައްކަތްތައް މިހާރު ކުރިއަށް ދާ ކަމަށް ޓުވިޓާއިން ބުނެފައިވެ އެވެ.

އެމެރިކާގެ އެޗް އެސް އާރު ގޫނޫނުގެ ދަށުން ބޮޑެތި މުއާމަލާތް ތަކުގެ ރިޕޯޓް އެގައުމުގެ ފެޑެރަލް ޓްރޭޑް ޔޫނިއަންއަށާއި ޖަސްޓިސް ޑިޕާޓްމަންޓަށް ހުށައަޅަން ޖެހެ އެވެ.

ޓްވިޓާއިން މިކަން އިއުލާން ކޮށްފައިވަނީ ފޭކް އެކައުންޓްތަކުގެ ސަބަބުން ޓްވިޓާ ގަތުމުގެ ޑީލް މިވަގުތަށް ހުއްޓާލާފައި ވާ ކަމަށް މީގެ ދުވަސްކޮޅެއް ކުރިން އިލަން ބުނެފައި ވަނިކޮށެވެ. -- ދަ ސްޓްރެއިޓް ޓައިމްސް

މި މުއާމަލާތަށް ބޭނުންވާ 33.5 ބިލިއަން ޑޮލަރު އިކުއިޓީ ފައިނޭންސިން މެދުވެރިކޮށް ހޯދާފައިވާއިރު ބާކީ 13 ބިލިއަން ޑޮލަރަކީ ލޯނުގެ ގޮތުގައި އިލަން ހޯދާ ފައިސާ އެވެ.