ކީވް (09 ޖޫން) މިހާރު ކުރިއަށްދާ ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާއަށް ޖާސޫސް ކޮށްދީ އެގައުމަށް އެއްބާރުލުން ދޭ ކަމުގެ ތުހުމަތުގައި ޔޫކްރެއިންގެ ރައްޔިތުންތަކެއް ހޯދުމުގެ ކެމްޕެއިނެއް އެގައުމުން ފަށައިފި އެވެ.
ޔޫކްރެއިންގެ މީޑިއާތަކުން ބުނާ ގޮތުގައި މިހާތަނަށް މި އޮޕަރޭޝަންގެ ދަށުން ގިނަ ބަޔަކު ހައްޔަރު ކުރެވިފައިވާއިރު ދައުލަތުގެ ވަކީލުން ދަނީ އެމީހުންގެ މައްޗަށް ޝަރީއަތުގައި ދައުވާ އުފުލުމުގެ ކަންކަން ކުރަމުންނެވެ.
އަމިއްލަ ގައުމަށް ޣައްދާރުވި މީހުންގެ އަމަލުތައް ޔޫކްރެއިންގެ ރައީސް ވޮލޮދިމީރް ޒެލެންސްކީ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައިވާއިރު އަދުލު އިންސާފު ގާއިމު ކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މެރިއުޕޯލްއިން ފެށިގެން ހަނގުރާމަ ހިނގާ އެކި ސަރަހައްދުތަކުގައި ރަޝިއާއިން ވަނީ އެގައުމަށް ޖާސޫސްކޮށް އެއްބާރުލުން ދޭނެ ޔޫކްރެއިންއަށް ނިސްބަތްވާ ގިނަ ބަޔަކު ހޯދާފަ އެވެ.
ބެލެވޭ ގޮތުގައި ރަޝިއާއިން މިގޮތަށް ޔޫކްރެއިންގެ މީހުން ހޯދާފައިވަނީ ފައިސާއާއި އެހެނިހެން އަމިއްލަ ޒާތީ ފައިދާ ތަކުގެ ދަޅަ ދައްކައިގެންނެވެ.
ޔޫކްރެއިންގެ އިދާރާތަކުން ވަނީ ގައުމަށް ޣައްދާރުވުމުގެ ތުހުމަތު ކުރެވޭ ގިނަ ބަޔަކު އަދިވެސް ހޯދިވާފައި ނުވާ ކަމަށާއި ނަމަވެސް 40 އަށްވުރެ ޣައްދާރުން ޝަރީއަތުގެ ކުރިމައްޗަށް ހާޟިރު ކުރެވިފައިވާ ކަމަށެވެ.
މި ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި ޔޫކްރެއިންގެ އަސްކަރިއްޔާއަށް ކުރިން ޚިދުމަތް ކޮށްފައިވާ ސިފައިންގެ އިތުރުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް ހިމެނެ އެވެ. -- ސީ އެން އެން
އަސްލު ޤައްދާރު ތިޔަހުރީ ވެރިކަމުގައި