ދަތްޕިލައިގެ ކުލަ ބަދަލުވެ ރީނދޫވެފައި ހުރުމަކީ ސާފުތާހިރުކަމަށް އަސަރުކުރުމުގެ އިތުރުން މީހުންގެ ތެރެއަށް ނިކުމެ އުޅުމުގައި ލަދުވެތި ކަމެކެވެ. މިގޮތަށް ދަތްޕިލަ ރީނދޫވާ ނަމަ ޑޮކްޓަރަށް ގޮސް ދަތް ސާފުކުރުމުގެ ކުރިން ތިރީގައި މިވާ ކަންކަމުގެ އަޖުމަ ބަލާލާށެވެ.

ބޭކިން ޕައުޑަރު

ބޭކިން ޕައުޑާއަކީ ދަތް ހުދުކުރުމަށް ބޭނުންކުރާ ވަރަށް ގިނަ ޕްރޮޑަކްޓްސްތަކުގައި ހިމެނޭ ކެމިކަލް އެކެވެ. ބޭކިން ޕައުޑަރު އަދި ލުނބޯހުތް އެއްކޮށްލައިގެން ދަތް އުނގުޅާލުމުން ވެސް ދަތްތައް ހުދުވާނެ އެވެ.

ޗުއިންގަމް ހެފުން

ޒައިލިޓޮލް އެކުލެވޭ ޗުވިމްގަމް ހެފުމުން ވެސް ދަތް ހުދުވެ އެވެ. މިކެމިކަލްއަކީ އަނގައިގެ ޕީއެޗް ލެވެލް ހަމަހަމަ ކޮށްދޭ އަދި ކުޅު އުފައްދައިދޭ މިންވަރު އިތުރުކުރުވާ ކެމިކަލް އެކެވެ. ނަތީޖާއަކީ އަނގަ ސާފުވުމެވެ.

ރީނދޫ

ރީނދޫކޮޅަކާއި ފެނާ އެއްކޮށްލައިން ދަތް އުނގުޅުމުން ވެސް ދަތް ހުދުވެ އެވެ. އެހެނަމަވެސް ބޮޑަށް ފައިދާކުރާނީ އޭގެ ރީނދޫ މޫ ރޮލާ ހެފީމަ އެވެ. ސަމާލުކަން ދޭންވީ މިގޮތަށް ދަތް އުނގުޅުމަށްފަހު ގިނައިރު މަޑުނުކޮށް އަނގަ ދޮވުމަށެވެ.

ދޮންކެޔޮ ތޮށި

ދޮންކެޔޮ ތޮށީގައި ހިމެނޭ އެންޓި ބެކްޓީރިއަލް މާއްދާތަކުގެ ސަބަބުން ދަތުގެ މައްސަލަތަކުން ދުރުކޮށްދެ އެވެ. އޭގެ ތެރޭގައި ހިރުގަނޑުގެ މައްސަަލަތަކާއި ދަތުގެ ކުލަ ބަދަލުވުން ހިމެނެ އެވެ. ދަތްތައް ހުދު ކުރަން ބޭނުން ނަމަ ދޮންކެޔޮ ތޮށި ދަތްތަކުގައި ދެ މިނެޓް ވަންދެން އުނގުޅާލާށެވެ.