ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ރަސްމީ ދަނޑުގައި މިއަދު ބޭއްވި ހަރަކާތަށް ހުރަސްއަޅައި، ހިންގި ހަމަނުޖެހުން ތަހުގީގު ކުރުމަށް ވަޒީރުންގެ މަޖިލީހުގެ ސަބްކޮމެޓީއެއް އެކުލަވާލައިފި އެވެ.

އެ ހަރަކާތުގައި ބައިވެރިވި ބޭރުގެ ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުންނާއި އާންމުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭގޮތަށް އެތަނަށް ބަޔަކު ވަދެގެން، ބައެއް މީހުންނަށް ހަމަލާދީ، ތަކެއްޗަށް ގެއްލުންދީފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ މައްސަލަ ބަލާ ސަބް ކޮމިޓީ:

  • އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު
  • އެޑިޔުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ
  • ޖެންޑާ މިނިސްޓަރު ޢާއިޝަތު މުޙައްމަދުދީދީ
  • އެޓާނީ ޖެނެރަލް އިބްރާހީމް ރިފްޢަތު
  • ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން
  • ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމް
  • ޔޫތު މިނިސްޓަރު އަޙްމަދު މަޚްލޫފް

މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، އެ މަޖިލީހުގެ މެންބަރުން ވަނީ އެ އަމަލު ކުށްވެރިކޮށް އެ އަމަލު ހިންގުމުގައި ބައިވެރިވި މީހުންގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ.

ފުލުހުން ބުނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އަދި އެ ހާދިސާގެ ފޮޓޯ އާއި ވީޑިއޯ ހިއްސާކުރުމަށް ހާއްސަ ޕޯޓަލްއެއް ވަނީ ތައާރަފްކޮށްފަ އެވެ.