އަހަރުމެންގެ ތެރެއިން ކޮންމެ މީހަކު ވެސް ހަޔާތުގައި އެއްފަހަރު ނަމަވެސް އެތަންތަނަށް ޒިޔްާރަތްކޮށް ތަޖުރިބާތައް ހޯދަން ބޭނުންވާ ތަންތަނުގެ ލިސްޓެއް، އިނގިރޭސި ބަހުން ބުނާނަމަ ބަކެޓް ލިސްޓެއް ގެންގުޅެ އެވެ. މި ލިސްޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އަޖާއިބު ކުރުވަނިވި ތަންތަން ވެސް ހިމެނެ އެވެ. އެގޮތުން މި ލިޔުމުގައި މި ބަލާލަނީ ތިބާގެ ބަކެޓް ލިސްޓަށް އިތުރު ކޮށްލެވިދާނެ ބައެއް ތަންތަނަށެވެ.

ގްލެން ބްރިޓްލް އައިލް އޮފް ސްކައި - ސްކޮޓްލެންޑް

ގްލެން ބްރިޓްލް އައިލް އޮފް ސްކައި - ސްކޮޓްލެންޑް

ސްކޮޓް ލޭންޑުގެ އުސް ފަރުބަދުތަކެއް ކަމުގައިވާ އައިލް އޮފް ސްކައި ގައި ހެދިފައިވާ ވާދީއަށް ގްލެން ބްރިޓްލް ކިޔެ އެވެ. މި ވާދީގައި ވަށައިގެންވާ ފަރުބަދަތަކުން ފެން އޮހިރިގެން އައިސް މިވާދީގައިވާ ކޯރާއި ފެނާރުތައް ގުޅެ އެވެ. ފަރުބަދަ މަތިން އޮހޮރިގެން އަންނަ ފެންތަން ޖަމާވާ އާދަޔާ ޚިލާފު ރީތިކަމެއް އެކުލެވޭ "ފެއަރީ ޕޫލް" ކިޔާ ކުޑަ ފެންގަޑެއް އޮވެ އެވެ. މިވާދީގެ އެންމެ ދެކުނު ފަރާތުގައި އެހާމެ ހިތްގައިމު ރީތިކަމެއް އެކުލެވޭ ދޮންވެލި ތުނޑިއެއް އުފެދިފައިވެ އެވެ. މިއީ ފަތުރު ވެރިންނާއި، ބައިކާސް އަދި ކޭމްޕް ކުރާ ފަރާތްތަކުގެ މެދުގައި ވަރަށް މަޤްބޫލު ތަނެކެވެ.

ވާދޫ ޕްލޭންކްޓަން ބީޗް - ދިވެހި ރާއްޖެ

ވާދޫ ޕްލޭންކްޓަން ބީޗް - ދިވެހި ރާއްޖެ

ދިވެހި ރާއްޖޭގެ ރިސޯޓެއް ކަމުގައިވާ ވާދޫ ރިސޯޓުގެ ބީޗުން ރޭގަނޑު، މަނޑު ނޫކުލައިން ފިޔަވަޅު އެޅުމުން ދިއްލޭ ދިއްލުމުން ގިނަ ފަތުރުވެރިންގެ ސަމާލުކަން މި ދޮންވެލި ތުނޑިއަށް ހުއްޓެ އެވެ. ދޮންވެލި ތުނޑީގެ އިތުރުން، ތުނޑިއާއި ގުޅިފައިވާ މޫދުގެ ލޮނުގަނޑުންވެސް މިހިއްގައިމު މަނޑު ނޫކުލައިގެ އަލިކަން ލޮނުގަނޑާއި ކުޅެލުމުން ރޭގަނޑު ފެނިގެންދާނެ އެވެ. މިއީ މޫދުގައި އުޅޭ ޕްލޭންކްޓަން ނަމަކަށް ކިޔާ ދިރޭ އެއްޗެއްގެ ސަބަބުން އަންނަ ބަދަލެކެވެ.

ހިނަޓުއާން ކޯރު - ފިލިޕީންސް

ހިނަޓުއާން ކޯރު - ފިލިޕީންސް

ޕިލިޕީންސްގެ ހިނަޓުއާން ކޯރަކީ، އާދަޔާ ޚިލާފު ޤުދުރަތީ ރީތިކަމެއް ލިބިފައިވާ ކޯރެކެވެ. މިކޯރުގެ އެންމެ ޚާއްސަ ސިފަޔަކީ އާދަޔާ ޚިލާފަށް މިކޯރު ސާފު ވުމެވެ. މަނޑު ނޫކުލައެއްގެ ފެންގަޑުގައި ހުންނަ މިކޯރުގައި ފުން މިނުގައި 50 މީޓަރާއި 80 މީޓަރު ހުރެ އެވެ. މިކޯރުގެ ފެންގަނޑު ގޮސް ގުޅެނީ ސީދާ ޕެސިކް ކަނޑާއެވެ. މި ސަރަހައްދުގައި އުޅޭ މީހުން ޤަބޫލުކުރާ ގޮތުން މިއީ އާދަޔާ ޚިލާފު ކަންތައްތަކެއް އެކުލެވޭ ކޯރެކެވެ. އެގޮތުން ރީންނާއި، ތަފާތު އާދަޔާ ޚިލާފު ޚިޔާލީ ޝަޙުސިއްޔަތުތައް ރޭގަނޑު އެކޯރުން ފެންވަރާ ކަމަށް އެމީހުން ބުނެ އެވެ.

މައުންޓް ރޯރައިމާ - ދެކުނު އެމެރިކާ

މައުންޓް ރޯރައިމާ - ދެކުނު އެމެރިކާ

ދެކުނު އެމެރިކާގެ ޓެޕިއު ޕްލެޓިއަސް ފަރުބަދަތަކުގެ ތެރެއިން އެންމެ އުސް ފަރުބަދަޔަކީ މައުންޓް ރޯރައިމާ އެވެ. މިފަރުބަދަޔަކީ ޤަބޫލުކުރެވޭ ގޮތުން ދުނިޔޭގެ އެންމެ ދުވަސްވީ ބިންތަކުގެ ތެރޭގައި ހިމެނޭ ބިމެކެވެ. ދުނިޔެ އުފުދުމުގައިވެސް އުފެދިފައިވާ އަދި "ޕްރެކެމްބޭރިއަން ޕީރިއަޑް" ނުވަތަ ދުނިޔޭގެ އެއްވެސް ދިރުމެއް ނެތި ތަފާތު ގޮވުންތައް ގޮވަމުން ދިޔައިރުވެސް ވުޖޫދުގައި މިބިން އޮތްކަމަށް ބެލެވެ އެވެ. ވެނެޒުއޭލާއާއި ބްރެޒިލް ގުޅޭ ބޯޑަރަކަށް މިފަރުބަދަވެ އެވެ. ގިނަފަހަރު ޖައްވުގައި އުފެދޭ ވިލާތައް މިފަރުބަދައިގެ އެންމެ އުސް ހިސާބަށް ނުފޯރައެވެ.

ފްލައި ގޭސާ - ނެވާޑާ

ފްލައި ގޭސާ - ނެވާޑާ

މިއީ ނެވާޑާގެ، ވެޝޯ ކައުންޓީގައި އުފެދިފައިވާ ކުޑަ "ޖިއޯތާމަލް ގޭސާ" އެއް ނުވަތަ ހޫނު ފެނުގެ ފެން އާރެކެވެ. މިއީ 12 ފޫޓް އުސްކޮށް އުފެދިފައިވާ ކުޑަ ތަންކޮޅެކެވެ. މިތަނުން އާވި ހޫނުފެން ހުއްޓުމެއްނެތި އަރައަރާ ހުރެ އެވެ. މިތަނުން އަރާ ފެން 30 ހެކްޓަރުގެ ދުރުމުނިނަށް ފެތުރި ކުދިކުދިން ފެންގަނޑުތައް ހެދިފައިވެ އެވެ. ތާމޯފިލިކް ބެކްޓީރިއާގެ ސަބަބުން ފެންއާރުގެ ބޭރު ފަށަލަ އާދަޔާ ޚިލާފު އެކިކުލަތަކުން ޒީނަތްތެރިވެފައިވެ އެވެ. މިފެނުގައި ތަފާތު އެކި މިނަރަލްތައްވެސް އެކުލެވިފައިވެ އެވެ.