ފައިނޭންޝަލް ކޮންސިއުމާ ޕްރޮޓެކްޝަން ރެގިއުލޭޝަނާއި ސިމްޕްލިފައިޑް އަދި އިލެކްޓްރޯނިކް ކަސްޓަމާ ޑިއު ޑެލިޖަންސް ރެގިއުލޭޝަނަށް އާންމުންގެ ޚިޔާލު ހޯދުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުޅުވާލައިފި އެވެ.
ފައިނޭންޝަލް ކޮންސިއުމާ ޕްރޮޓެކްޝަންގެ ރެގިއުލޭޝަނަކީ މާލީ ޚިދުމަތްތައް ހޯދާ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކޮށް އެ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި އެކުލަވާލައިފައިވާ ގަވާއިދެކެވެ. އަދި ކަސްޓަމާ ޑިއު ޑެލިޖަންސްގެ ގަވާއިދަކީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކަސްޓަމަރުންގެ ވަނަވަރު ދެނެގަތުމާއި، އެ މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމުގައި ޢަމަލުކުރަންޖެހޭ މިންގަނޑުތަކާއި ޝަރުޠުތައް ބަޔާންކުރުމަށް އެކުލަވާލާފައިވާ ގަވާއިދެކެވެ.
މާލީ އިދާރާތަކާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުގެ، ޚިޔާލާއި މަޝްވަރާއެކު އެކުލަވާލައިފައިވާ މި ގަވާއިދުތަކަށް އާންމުންނަށް އޮގަސްޓު 26، 2026 ވާ ބުދަ ދުވަހުގެ 3:00އާ ހަމައަށް ޚިޔާލު ހުށަހެޅޭނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ. ޚިޔާލު ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް [email protected] އަށެވެ.
އުމުރުން 36 އަހަރުގައި "ސްކްރީމް"ގެ ތަރި ހޭޑެން މަރުވެއްޖެ
ކުނި އަޅާ މީހުން ހޯދަން އަމާން ޓަވަރުތަކުގައި ކެމެރާ ހަރުކޮށްފި