ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދު ދުވަސްކޮޅަކަށް ސޯޝަލް މީޑިއާއާ އަށް ދުރަށް ހިނގައްޖެ އެވެ.
ސުކޫލު ދައުރުން ފެށިގެން ލަވަކިޔަމުން އަންނަ މީރާ މުހައްމަދު މާޖިދަކީ ދިވެހި މިއުޒިކްގައި ފާހަގަ ކޮށްލެވޭ ފަންނާނެކެވެ.
ލަވަކިޔުމާ މިދުވަސްކޮޅު ދުރުގައި ހުރި މީރާ ބުނެފައި ވަނީ ޕާސަލް އިޝޫސްތަކެއްގެ ސަބަބުން ސޯޝަލް މީޑީއާއާ ދުވަސްކޮޅަކަށް ދުރަށް ދާން ނިންމާފައިވާ ކަމަށެވެ. އަދި އެއްކޮށް ރަނގަޅުވެގެން އެނބުރި އަންނާނެ ކަމަށް ވެސް މީރާ ބުންޏެވެ.
މީރާ ބުނެފައި ވަނީ އެނބުރި އަންނައިރު މީރާގެ މުޅިން އާ ލަވަތަކަކާއި އާ ކޮންޓެންޓުތައް ގެންނާނެ ކަމަށެވެ.
މީރާ މީސް މީޑިއާއިން ދުރަށް ދަނީ ސީދާ ކޮން ސަބަބަކާއި ހެދިކަމެއް ބުނެފައެއް ނުވެ އެވެ.
މި އަހަރުގެ ކުރީކޮޅު ސްކައި ރޮކް ބޭންޑުން ވަކިވި ފަހުން މީރާގެ އަޑުވަނީ ވަރަށް ބޮޑަށް މަޑުވެފަ އެވެ.
އެހަނދާނުގައި ޝޯތަކުން ދިވެހިންގެ ތެރޭގައި މީރާ މަގުބޫލުކަން ހޯދިއިރު، ލަވަ ކިޔުންތެރިޔާ ޔާމިން ރަޝީދާއެކު ނެރުނު ކަވާ ސޯންގުތަކަކީ އަދިވެސް ގިނަ ބަޔަކު އަޑު އަހާ ލަވަތަކެވެ.
މީރާ އަކީ މަޝްހޫރު ލަވަކިޔުންތެރިޔާ މެޒޯ މުހައްމަދު ދަރިއެކެވެ.