ކުކުޅު އަދި ބީފް ބިރިޔާނިގެ ވާހަކަ އަހަރުމެން ވަރަށް ގިނައިން އަޑު އަހަމެވެ. މި އީދު ދުވަހު ދިވެހިންނަށް އެންމެ ކަމުދާ ކަނޑުމަހުން ބިރިޔާނި ތައްޔާރު ކޮށްލުން ކިހިނެއް ވާނެ ހެއްޔެވެ؟
ބޭނުންވާ ތަކެތި
- 2 ޖޯޑު ބާސްމަތީ ހަނޑޫ
- 500 ގ ކަނޑުމަސް ( ކިއުބުކޮށް ކޮށާފައި )
- 3 ސަމުސާ ޝާން ބިރިޔާނި މަސާލާ
- 3 ފިޔާ ( ތުނިކޮށް ކޮށާފައި )
- 4 ލޮނުމެދު ( ތުނިކޮށް ކޮށާފައި )
- 1 ގިތެޔޮމިރުސް (ނުވަތަ ބޭނުންވަރަކަށް )
- ހިކަނދިފަތް
- ރާނބާފަތް
- 3 މޭޒުމަތީ ސަމުސާ ހިކިމޭބިސްކަދުރު
- 3 މޭޒުމަތީ ސަމުސާ ކަޖޫނަޓްސް
- 5 ކަރަންފޫ
- ކޮރިއަންޑާ ފަތްކޮޅެއް
- ލޮނުމުގުރި އަސޭމިރުސް
- ކުޑަ އޯބަތްކޮޅެއް
- ތެޔޮ
- ފޮނިތޮށި
- ކާފޫރުތޮޅި
ތައްޔާރު ކުރާނެ ގޮތް
- ތާހެއްގައި ތެޔޮހޫނުކޮށް މަސް ، ކެޖޫނަޓް ، މޭބިސްކަދުރު އަދި ދެބައިކުޅަ އެއްބައި ފިޔާ ތެލުލާށެވެ.
- ހަނޑޫ ކޮޅު ދޮވުމަށްފަހު ބަތްކައްކާގޮތަށް ހަނޑޫކޮޅު ހިންދާލާށެވެ. ކައްކާއިރު ފޮނިތޮށި ކޮޅާއި ކާފޫރުތޮޅި އަދި ކަރަންފޫ އަޅާލާށެވެ. ބަތްއެތި ޗަސްވިޔަނުދިނުމަށް ސަމާލުކަން ދޭށެވެ. ރަނގަޅަށް މަޑުވުމުން ފެންކޮޅު ހުސްކޮށްލާށެވެ.
- އެހެން ތެއްޔެއްގައި ތެޔޮ ހޫނުކުރުމަށްފަހު ބާކީ ހުރި ފިޔާ ، ހިކަނދިފަތް ، ރާބާފަތް ކޮރިއަންޑާފަތް ، މިރުސް ، ލޮނުމެދު ، އޯބަތްކޮޅު އަޅާ ފިޔާކޮޅު ރަތްކޮށްލާށެވެ.
- ފިޔާކޮޅު ރަތްޅުމުން ބިރިޔާނި މަސާލާ އެއްކޮށް ހާކާލާށެވެ. އަދި ލޮނާއި މުގުރި މިރުސް އެޅުމަށްފަހު ރަހަ ހެޔޮވަރު ކޮށްލާށެވެ. މާހިކިނަމަ ފެންފޮދެއް އަޅާލާށެވެ. އަދި އެއަށްފަހު 3 މިނެޓް ވަންދެން ރަނގަޅަށް ކައްކާލާށެވެ.
- ސޯސްގަނޑު ރަނގަޅަށް ރޯފިލުމުން ކުރިން ތެލުލި މަހާއި ، މޭބިސްކަދުރާއި ، ކަޖޫނަޓް އަދި ފިޔާކޮޅު އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އަދި އިތުރު 2 މިނެޓް ވަންދެން ކައްކާލާށެވެ.
- އެއަށްފަހު ކެއްކި ބަތްކޮޅު އަޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.