ދުނިޔޭގެ އެންމެ އަގުބޮޑު ވިޔަފާރި ޑީލްތަކުގެ ތެރެއިން އެއް ޑީލްގައި މަހުޖަނު އިލަން މަސްކް ޓުވިޓާ ގަންނަން ނިންމި ނިންމުން ބަދަލުކޮށް ޓުވިޓާ ނުގަންނާނެ ކަމަށް ބުނެފި އެވެ.
މިކަން އިލަން އިއުލާން ކޮށްފައިވަނީ ޓްވިޓާ ގަންނަން އެ ކުންފުންޏާއި އިލަން މަސްކްއާ ދެމެދު ވެފައިވާ އެއްބަސްވުމާ އެކުންފުނިން ޚިލާފުވެފައިވާ ކަމަށް ބުނެ އެވެ.
މިކަން އިއުލާންކުރުމުގެ ކުރިން މެއި މަހު އިލަން ވަނީ ޑީލްގެ ކަންކަން މަޑު ޖައްސާލި ކަމަށް ބުނެފަ އެވެ.
ޓުވިޓާ ގަންނަން ނިންމީއްސުރެ މިޑީލްއާ ބެހޭ އެކި މައްސަލަތައް ފެންމަތިވެފައިވާއިރު ޓްވިޓާގެ ފޭކް އަދި ސްކޭމް އެކައުންޓްތަކުގެ އަދަދާ ގުޅިގެން ދެ ފަރާތުގެ މެދުގައި ގިނަ ޚިލާފުވުންތަކެއް ވަނީ އުފެދިފަ އެވެ.
އިލަންގެ މި ނިންމުމާއެކު ޓުވިޓާއިން ވަނީ ފަހު ވަގުތު އިލަންގެ ނިންމުން ބަދަލުކުރުމުގެ ސަބަބުން އެ ކުންފުންޏަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން އިލަންއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.
އިލަންގެ މި ނިންމުމާއެކު ހިއްސާގެ ބާޒާރުގައި ޓުވިޓާގެ ހިއްސާގެ އަގު ވަނީ ހަ ޕަސެންޓް ދަށަށް ގޮސްފަ އެވެ.
 ގޯނާގެ 41 މައްސަލަ ރިޕޯޓު ކުރީ ކުޑަކުދިން އަމިއްލަ އަށް
			ގޯނާގެ 41 މައްސަލަ ރިޕޯޓު ކުރީ ކުޑަކުދިން އަމިއްލަ އަށް
		 ޔަހޫދީން ވައިގެން ހަމަލާތަކެއް ދީ 100 މީހުން ޝަހީދުކޮށްލައިފި
			ޔަހޫދީން ވައިގެން ހަމަލާތަކެއް ދީ 100 މީހުން ޝަހީދުކޮށްލައިފި
		 އައްނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މާދަމާ ހުށަހަޅަނީ
			އައްނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މާދަމާ ހުށަހަޅަނީ 
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					 
					