ގިނަ މީހުން ބަރުދަން ލުއި ކުރަން ކުރާ މަސައްކަތުގައި އެޅޭ ހުރަހަކީ މާ ގިނައިން ކާހިތްވުމެވެ. ދަންވާ ވާހެން ގިނައިން ކާހިތްވެ ބަރުދަން ލުއި ކުރުމަށް ކުރި މަސައްކަތް ބޭކާރު ކޮށްލަ އެވެ. މި ލިޔުމުގައި މި ބަލާލަނީ ބަނޑުހައިވެ ކާހިތްވުން ކުޑަކޮށްދޭނެ ބުއިމަކަށެވެ.

ބޭނުންވާ ތަކެތި

  • 3 ޖޯޑު ފިނިކުރި ފެން
  • މިންޓް ފަތް
  • 1 ސްޓޯބެރީ ފޮތިކޮށް ކޮށާފަ
  • ½ ލުނބޯ
  • ¼ މޭޒުމަތީ ސަމުސާ ފޮނިތޮށި (މުގުރާފަ)
  • ¼ ފޮތި އާފަލު

މިހުރިހާ ތަކެތި އެއްކޮށް މިކްސްޗަރުން ނުވަތަ ބްލެންޑަރުން ގިރާލުމުން ބުއިން ތައްޔާރު ކުރެވުނީ އެވެ.

މިންޓް ފަތުން ހަޖަމްކުރުން ފަސޭހަކޮށް ބަނޑަށް ދިމާވާ އުނދަގޫތަކުން ދުރުކޮށްދޭ އިރު ސްޓޯބެރީން ކެންސަރަށް މަގުފަހިވުން ދުރު ކޮށްދެ އެވެ. އެއާއެކު ލުނބޯއިން ހަޖަމްކުމުގެ ނިޒާމަށް ދިމާވާ އުދަނގޫތަކުން ދުރުކޮށް ހަޖަމްކުރުަމަށް ފަސޭހަކޮށްދެ އެވެ. އަދި ފޮނިތޮށިން ލޭގައި ހަކުރު ހިމެނޭ ވަރު ދަށްކޮށްދީ ފޮނި އެއްޗެހި ކާހިތްވުން ކޮންޓްރޯލް ކޮށްދީ ކެލޮރީ ދަށްކޮށްދެ އެވެ.